ގަވާއިދާ ހިލާފަށް ބަނގުރަލުގެ ވަގު ވިޔަފާރި ކުރި 2 މީހަކު ހައްޔަރުކޮށްފި. ހުރިހާ ކުށެއްގެ މުގުލުގައި ބަންގާޅުން
ރާއްޖެ

ގަވާއިދާ ހިލާފަށް ބަނގުރަލުގެ ވަގު ވިޔަފާރި ކުރި 2 މީހަކު ހައްޔަރުކޮށްފި. ހުރިހާ ކުށެއްގެ މުގުލުގައި ބަންގާޅުން

ނނާޒިމް
May 26, 2026

ގަވާއިދާ ހިލާފަށް ބަނގުރަލުގެ ވަގު ވިޔަފާރިކޮށް، މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެމީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި މައްސަލައިގައި ހައްޔަރުކުރީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެމީހުން ކަމުގައިވާ އެމްޑީ ފަޒްލީ ރަބީ (25އ) އާއި، އެމްޑީ ޝަހަޖަން ސަވަލް (36އ) އެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ ސަފާރީއެއް ބަލައިފާސްކޮށްފައެވެ.

މިދިޔަ އާދިއްތަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި، އެ މީހުން ހައްޔަރުކޮށް އެ ސަފާރީ ބަލައިފާސްކުރިއިރު 207 ފުޅި ބަނގުރަލާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި (ވަގުތީ ބަރުދަން4.43 ގުރާމް) ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އޭގެ އިތުރުން ގިނަ އަދަދެއްގެ ފައިސާއާއި ޔޫއެސް ޑޮލަރު ވެސް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު