ސްކޭމްގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާނުކޮށްފި
ރާއްޖެ

ސްކޭމްގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާނުކޮށްފި

ނނާޒިމް
June 18, 2026

ސްކޭމްގެ މައްސަލައެއްގައި މީހެއް ހޯދުމަށް ފުލުހުން އިއުލާނުކޮށްފި އެވެ.

ފުލުހުން ވަނީ އެ މީހާ ފެންނަ ވީޑިއޯއެއްވެސް އާންމުކޮށްފަ އެވެ. ފުލުހުން ބުނީ އެ ވީޑިއޯއިން ފެންނަ މީހާއަކީ އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ، ސްކޭމްގެ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއް ކަމަށެވެ.

އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެންޓި ސްކޭމް ސެންޓަރުގެ ނަންބަރު 9212020 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން ވަނީ އެދިފަ އެވެ.

ފުލުހުން އާންމުކޮށްފައިވާ ވީޑިއޮއިން ފެންނަ ގޮތުގައި، އެ މީހާ ހުރީ ކަޅުކުލައިގެ ޓީޝާތަކާއި ޖީންސެއްލައިގެނެވެ. އެ މީހާ އޭޓީއެމްއަށްވަދެ ލާރި ނެގުމަށް އުޅޭ މަންޒަރު އެ ވީޑިއޯއިން ފެނެ އެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު