ރާޅު މީޑިއާ – އެޑިޓޯރިއަލް އުސޫލު
މިއީ ރާޅު މީޑިއާގެ ވެބްސައިޓާއި، ސޯޝަލް މީޑިއާ އަދި ޕޮޑްކާސްޓްތަކުގައި ކޮންޓެންޓް ޝާއިޢުކުރުމުގައި އަޅުގަނޑުމެން ގެންގުޅޭނެ މައިގަނޑު އަސާސްތަކެވެ.
ހަމަހަމަކަމާއި އިންސާފު: ރާޅު މީޑިއާއިން ޚަބަރާއި މަޢުލޫމާތު ގެނެސްދޭނީ ވަކި ފަރާތަކަށް ޖެހުމެއް ނެތި، އިންސާފުވެރިކަމާއެކުގައެވެ.
މިނިވަންކަން: އަޅުގަނޑުމެންގެ އެޑިޓޯރިއަލް ނިންމުންތަކަކީ ސިޔާސީ ނުވަތަ ވިޔަފާރީގެ އެއްވެސް ނުފޫޒެއްގެ ދަށުން ނިންމާ ނިންމުންތަކެއް ނޫނެވެ.
ސައްޙަ މަޢުލޫމާތު: ޝާއިޢުކުރާ ހުރިހާ މަޢުލޫމާތަކީ އޭގެ ސައްޙަކަން ކަށަވަރުކުރުމަށްފަހު ގެނެސްދޭ މަޢުލޫމާތެވެ. އޮޅުން އަރާ ފަދަ ނުވަތަ ދޮގު މަޢުލޫމާތު ފެތުރުމުން އަޅުގަނޑުމެން ދުރުހެލިވާނެއެވެ.
އިސްލާމީ އަދި ޤާނޫނީ އިމުގެ ތެރެއިން: ރާޅު މީޑިއާގެ އެއްވެސް ކޮންޓެންޓެއް އިސްލާމްދީނުގެ އަޞްލަކާ ނުވަތަ ރާއްޖޭގެ ޤާނޫނަކާ ޚިލާފެއް ނުވާނެއެވެ.
މަސްދަރު ހިމާޔަތްކުރުން: މަޢުލޫމާތު ފޯރުކޮށްދޭ މަސްދަރުތަކުގެ ސިއްރު ހިފަހައްޓަންޖެހޭ ހާލަތްތަކުގައި، އެ ފަރާތްތަކުގެ ރައްކާތެރިކަން އަޅުގަނޑުމެން ކަށަވަރުކޮށްދޭނަމެވެ.
ޚިޔާލާއި އިޝްތިހާރު ވަކިކުރުން: އާންމު ޚަބަރުތަކާއި، އަމިއްލަ ޚިޔާލު ހިމެނޭ ލިޔުންތައް ނުވަތަ އިޝްތިހާރުގެ ގޮތުގައި ގެނެސްދޭ "އެޑްވަޓޯރިއަލް" ތައް ހުންނާނީ ކިޔުންތެރިންނަށް ސާފުކޮށް އެނގޭނޭހެން ވަކިކުރެވިފައެވެ.
ފިކުރީ މުދަލަށް އިޙްތިރާމްކުރުން: އެހެން ފަރާތްތަކުގެ ލިޔުންތަކާއި، ފޮޓޯ އަދި ވީޑިއޯ ބޭނުންކުރާނީ އެ ފަރާތްތަކަށް ދޭންޖެހޭ ކްރެޑިޓް ދިނުމަށްފަހުގައެވެ.