
20 ބިދޭސީއަކު ޗެކްކޮށް، 12 ބިދޭސީއަކު އިމިގުރޭޝަންގެ ބަލެމުގެ ދަށަށް
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް ފެށި އޮޕަރޭޝަންގެެ ތެރެއިން އިތުރު 20 ބިދޭސީއަކު ޗެކްކޮށް، 12 ބިދޭސީއަކު އިމިގުރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަނުން ބުނީ، ހުޅުމާލެ ފޭސް 1 ގެ ގަރާޖެއްގައި މި މަހުގެ 15 ވަނަ ދުވަހު ޓާސްކްފޯސްގެ ހާއްސަ އޮޕަރޭޝަނެއް ހިންގައިފައިވާ ކަމަށެވެ.
އެ އޮޕަރޭޝަނުގައި، މި އޮޕަރޭޝަންގެ ތެރޭގައި 20 ބިދޭސީއަކު އިންސްޕެކްޓްކޮށްފައިވާއިރު، އިމިގްރޭޝަންގެ ގަވާއިދުތަކާ ހިލާފުވެގެން 12 ބިދޭސީއަކު ބަންދުކޮށްފައިވާ ކަމަށް އިމިގުރޭޝަނުން ބުނެފައިވެ އެވެ.
މީގެ އިތުރުން، މާލޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގަމުންދާ ވިޔަފާރިތަކަށް އަމާޒުކޮށް، ޓާސްކްފޯސްއިން އަންގާރަ ދުވަހު އާޓިފިޝަލް ބީޗް، ހީނާމާގެ ޕާކިން އަދި ރަސްފަންނުގައި ތިބި ބިދޭސީންނާއި ސުވާލުކޮށްފައިވާ ކަމަށް އިމިގުރޭޝަނުން ބުނެފައިވެ އެވެ.
އެ އޮޕަރޭޝަނެއްގައި 26 ބިދޭސީއަކު ބަލައި ފާސްކޮށްފައިވާ ކަމަށް އިމިގުރޭޝަނުން ބުނެފައިވެ އެވެ. އަދި މީގެ ތެރެއިން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އިމިގުރޭޝަނުން ބުނެފައިވެ އެވެ.
މި ސަރުކާރުން އަންނަނީ ގަވައިދަ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެކުރިން ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެފައިވާގޮތުގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ހިންގާ އޮޕަރޭޝަން ކުރަނގީގެ ތިންވަނަ ފިޔަވަހީގެ ދަށުން ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ގަވާއިދާ ޚިލާފަށް އުޅޭ މީހުން ހޯދައި ހައްޔަރުކުރުމުގެ މަސައްކަތް ވަރުގަދަކުރާނެ އެވެ.
2024 ވަނަ އަހަރު މި އޮޕަރޭޝަން ފެށިއިރު ރާއްޖޭގައި ތިބި ބިދޭސީންގެ ތެރެއިން ގަވާއިދަށް ފެތެނީ އެންމެ 28 ޕަސެންޓް މީހުންނެވެ. ނަމަވެސް މިދިޔަ ދެ އަހަރުގެ ތެރޭގައި ކުރެވުނު ބުރަ މަސައްކަތުން، ސައްހަ ލިޔެކިއުންތަކާއެކު 100 ޕަސެންޓް ކަށަވަރުވެފައިވާ ބިދޭސީންގެ އަދަދު މިހާރު ވަނީ 62 ޕަސެންޓަށް އިތުރުކުރެވިފަ އެވެ.



