ޖޭއެސްސީގެ ނައިބު ރައީސް އަކަށް ފަނޑިޔާރު ޝަހީދު
ރާއްޖެ

ޖޭއެސްސީގެ ނައިބު ރައީސް އަކަށް ފަނޑިޔާރު ޝަހީދު

ނނާޒިމް
June 4, 2026

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު އިންތިޚާބުކޮށްފި އެވެ.

ޖޭއެސްސީން އިއްޔެ ބުނެފައިވަނީ އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމަށް ފަނޑިޔާރު ޝަހީދު އިންތިހާބުކޮށްފައިވާ ކަމަށެވެ.

ޖޭއެސްސީގެ ނައިބު ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ޔަޒްމީދު މުހައްމަދު ޖޭއެސްސީން އިސްތިއުފާ ދެއްވުމުންނެވެ. ޔަޒްމީދު ޖޭއެސްސީއަށް އައްޔަނު ކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މެންބަރެއްގެ ގޮތުގަ އެވެ.

ފަނޑިޔާރު ޝަހީދު ޖޭއެސްސީއަށް އައްޔަނު ކޮށްފައިވަނީ އޭޕްރީލް 7 ވަނަ ދުވަހު އެވެ. ފަނޑިޔާރު ޝަހީދު ޖޭއެސްސީއަށް އައްޔަނު ކޮށްފައިވަނީ، އުއްތަމަފަނޑިޔާރު ފިޔަވައި ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބު ކޮށްފައިވާ ފަނޑިޔާރެއްގެ ގޮތުގަ އެވެ.

ފަނޑިޔާރު ޝަހީދު ސުޕްރީމް ކޯޓަށް އައްޔަނު ކުރެއްވީ މާޗް 19 ވަނަ ދުވަހު އެވެ. ފަނޑިޔާރު ޝަހީދު ވަނީ ހައިކޯޓުގެ އިސް ފަނޑިޔާރުކަމާއި، ހައިކޯޓުގެ ފަނޑިޔާރު ކަމާއި ކްރިމިނަލް ކޯޓުގެ ގާޟީކަން އަދާކުރައްވާފަ އެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު