ގެމަނަފުށީގައި ބިދޭސީއަކު ޒަހަމުކޮށްލައިފި
ރާއްޖެ

ގެމަނަފުށީގައި ބިދޭސީއަކު ޒަހަމުކޮށްލައިފި

އއައިނީ
May 31, 2026

ގއ. ގެމަނަފުށީގައި ދެ ބިދޭސީއެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި އެކަކު ޒަހަމުކޮށްލައިފި އެވެ.

ފުލުހުން ބުނީ، ދެ ބިދޭސީންގެ ދެެމެދުގައި މާރާމާރީއެއް ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ 23:00 އެހައިކަންހާއިރު ކަމަށެވެ.

މިހާދިސާގައި އަނިޔާވި މީހާއަށް ގެމަނަފުށި ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާ ދިނުމަށް ގއ.ވިލިިނގިލި ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި ހާދިސާ ހިނގި ސަރަހައްދުން ބިދޭސީ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު