ފަސް އެޕާޓްމެންޓެއް ބަލައި ފާސްކޮށް، މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި
ރާއްޖެ

ފަސް އެޕާޓްމެންޓެއް ބަލައި ފާސްކޮށް، މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި

ނނާޒިމް
May 28, 2026

ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލެއާއި ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި މި އޮޕަރޭޝަނަކީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ؛

  • އަޙްމަދު ޖިނާޙު (43އ) - ތ. ތިމަރަފުށި، މުތީހައުސް

  • އަޙްމަދު ސަޢީދު (28އ) - ހއ. ހޯރަފުށި، ސައިމާގެ

  • މުޙައްމަދު އަނޫފް ޢަލީ (27އ) - ގދ. މަޑަވެލި، ހައުސްޓަން

  • އަޙްމަދު މަޢީޝް ރަޝީދު (28އ) - ގދ. ހޯޑެއްދޫ، އަބުމާގެ

މި އެންމެންނަކީ ވެސް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި މީހުންނެވެ.

ފުލުހުން ބުނި ގޮތުގައި މި މެއި މަހުގެ 25 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި މާލެއާއި ހުޅުމާލެ ހިމެނޭގޮތަށް ޖުމްލަ ފަސް އެޕާޓްމަންޓެއް ބަލައި ފާސްކޮށްފައިވެ އެވެ. އަދޮި މި ބަލައި ފާސްކުރުމުގެ ތެރެއިން 100.09 ގުރާމުގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ވަނީ ހޯދާފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.

ހައްޔަރުކުރެވުނު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަޙްމަދު ޖިނާޙު އާއި އަޙްމަދު ސަޢީދު 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ. އަދި މުޙައްމަދު އަނޫފް ޢަލީ އާއި އަޙްމަދު މަޢީޝް ރަޝީދު ބަންދުގައި ބޭތިއްބުމަށް ކޯޓުން ދީފައިވަނީ ފަސް ދުވަހުގެ މުއްދަތެކެވެ.

ފުލުހުން މިހާރު ގެންދަނީ މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ތަހުގީގު ކުރަމުންނެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު