ގއ. ގެމަނަފުށީގައި ބިދޭސީއަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފި، ހާލަތު ސީރިއަސް!
ރާއްޖެ

ގއ. ގެމަނަފުށީގައި ބިދޭސީއަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފި، ހާލަތު ސީރިއަސް!

ނނާޒިމް
May 30, 2026

ގއ. ގެމަނަފުށީ ބަނދަރު ސަރަހައްދުގައި މިރޭ ހިނގި މާރާމާރީއެއްގައި ބިދޭސީއެއްގެ ބަނޑަށް ވަޅިހަރައި ފުރާނައަށް ނުރައްކާވާ ފަދަ ބޮޑު ޒަހަމްތަކެއް ދީފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިރޭ އެގާރަޖަހާ އެހާކަންހާއިރު އެ ރަށު ބަދަރުގައެވެ.

މި މާރާމާރީ ހިނގާފައިވަނީ ބަންގްލަދޭޝް މީހަކާއި ލަންކާ މީހަކާ ދެމެދުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ލަންކާ މީހާ ވަނީ ބަންގްލަދޭޝް މީހާގެ ހަށިގަނޑުގެ 5 ތަނަކަށް ވަޅިން ހަމަލާދީފައެވެ. މީގެ ތެރެއިން އޭނާގެ ބަނޑަށް ދީފައިވާ ހަމަލާގެ ސަބަބުން ބަނޑުން ސަރުބީ ބޭރުވާވަރަށް ފުންކޮށް ޒަހަމްވެފައިވާ ކަމަށްވެއެވެ.

ލިބުނު ޒަހަމްތަކުގެ ސީރިއަސްކަމުން، އެ މީހާއަށް އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ ގދ. ތިނަދޫގައި ހުންނަ އަބްދުުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

މި ހަމަލާދިން ލަންކާ މީހާ މިހާރު ހުރީ ގެމަނަފުށީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު