އަތޮޅު ކައުންސިލްތައް އުވާލާ އެސްޖީންތައް މަގާމުން ވަކިކޮށްފި
ރާއްޖެ

އަތޮޅު ކައުންސިލްތައް އުވާލާ އެސްޖީންތައް މަގާމުން ވަކިކޮށްފި

އއައިނީ
June 11, 2026

އަތޮޅު ކައުންސިލްތައް އުވާލުމާ ގުޅިގެން އެ ކައުންސިލްތަކުގައި މަސައްކަތް ކުރެއްވި ހުރިހާ ސެކްރެޓަރީ ޖެނެރަލުން އިއްޔެ މަގާމުން ވަކިކޮށްފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން ބުނި ގޮތުގައި ގަވާއިދާ އެއްގޮތަށް ނޯޓިސްގެ މުއްދަތުގެ ފައިސާ އަދި ރިޑަންޑެންސީ އިނާޔަތް ލިބޭ ގޮތަށް އެސްޖީން ވަނީ ވަކިކޮށްފައެވެ. ސެކްރެޓަރީ ޖެނެރަލުންނަކީ ކައުންސިލްތައް އިދާރީ ގޮތުން ހިންގުމުގެ އެންމެ އިސް ފަރާތެވެ.

އަތޮޅު ކައުންސިލްތައް އުވާލައި އެ އިންތިހާބުގައި އަތޮޅު ކައުންސިލަރުން އިންތިހާބު ކުރަން ނުޖެހޭ ގޮތަށް ހެދުމަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް އިސްލާހު ގެނައީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ.

މިދިޔަ މަހުގެ 17 ވަނަ ދުވަހު އައު ކައުންސިލަރުންތައް ހުވައި ކުރުމާއެކު ހުރިހައި އަތޮޅު ކައުންސިލް ތަކެއްވެސް ވަނީ އުވައިލާފަ އެވެ. އަދި މިހާރު އެތަންތަން ހިންގަމުން ގެންދަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބެލުމުގެ ދަށުން އަތޮޅު އޮފީހުގެ ގޮތުގައެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު