ހިޔާ  ފުލެޓުތަކުގެ  ކުލިން  ބައެއް  ކަނޑާނަމަ  ކުއްޔަށް  އުޅޭ  އެންމެނަށްވެސް  ހަމަހަމަ  ފުރުސަތެއް  އޮންނަންޖެހޭ: ވައްޑެ
ރާއްޖެ

ހިޔާ ފުލެޓުތަކުގެ ކުލިން ބައެއް ކަނޑާނަމަ ކުއްޔަށް އުޅޭ އެންމެނަށްވެސް ހަމަހަމަ ފުރުސަތެއް އޮންނަންޖެހޭ: ވައްޑެ

ރރާޅު މީޑިއާ
March 31, 2026

ހިޔާ ފްލެޓުތަކަށް ދައްކަންޖެހޭ ކުލިން ބައެއް އުނިކޮށްދޭނަމަ، އަމިއްލަ ތަންތާ ކުއްޔަށް ދިރިއުޅޭ މީހުންނަށްވެސް ސަރުކާރުން ކުލި ދައްކައިދޭންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ހިޔާ ފްލެޓުގެ ފިނިޝިން މަސައްކަތަށް އާންމުން ކޮށްފައިވާ ހަރަދުގެ ބަދަލު ދިނުމުގެ ގޮތުން، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ކުލިން މަހަކު 3,984 ރުފިޔާ އުނިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައި، އެކަން އެޗްޑީސީން ވަނީ އިއުލާނުކޮށްފައެވެ.

މި ނިންމުމަށް ފާޑުވިދާޅުވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވައްޑޭ ވަނީ، ދައުލަތުން ލޯނުތައް ދައްކާނެ ފައިސާ ނެތް ދަނޑިވަޅެއްގައި، ބޮޑެތި ލޯނު ނަގައިގެން ހަދާފައިވާ ތަންތަނުގެ ކުލި ކަނޑަނީ ކާކަށް ކޯންޗެއް އޮޅުވާލަންތޯ ސުވާލު އުފައްދާފައެވެ.

"ހިޔާފްލެޓް ލިބުނު މީހުންނަށް ސަރުކާރުން ކުލި ކަނޑައިދެންޏާ، ބޯހިޔާވަހިކަމެއް ނުލިބި ތަންތާ ކުއްޔަށް ތިބި މީހުންނަށްވެސް ސަރުކާރުން ކުލި ދައްކައިދޭން ވާނެ!" ވައްޑޭ ވިދާޅުވިއެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު