އެމްއޭސީއެލްގެ "ސްޓްރެޗިން ޕްރޮގްރާމް" އިފުތިތާހުކޮށް, މުވައްޒަފުންގެ ސިއްހީ ދުޅަހެޔޮކަން އިތުރުކުރުމަށް ހާއްސަ ފެއާއެއް ބާއްވައިފި
ރާއްޖެ

އެމްއޭސީއެލްގެ "ސްޓްރެޗިން ޕްރޮގްރާމް" އިފުތިތާހުކޮށް, މުވައްޒަފުންގެ ސިއްހީ ދުޅަހެޔޮކަން އިތުރުކުރުމަށް ހާއްސަ ފެއާއެއް ބާއްވައިފި

ރރާޅު މީޑިއާ
January 30, 2026

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން "ސްޓްރެޗިން ޕްރޮގްރާމް" ރަސްމީކޮށް އިފުތިތާހުކޮށް, "ސްޓްރެޗް އެންޑް ވެލްނެސް"ގެ ނަމުގައި ހާއްސަ ފެއާއެއް ބާއްވައިފި އެވެ.

ހުޅުލޭގައި ބޭއްވި މި ފެއާގެ މަގުސަދަކީ މަސައްކަތުގެ މާހައުލުގައި ހުންނަ ސިއްހީ ނުރައްކާތަކަށް ހޭލުންތެރިކަން އިތުރުކުރުމާއި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތަކަށް ބާރުއެޅުމާއި މަސްތަކާއި ކަށިތަކަށް ލިބޭ އަނިޔާތައް ކުރިއާލާ ދެނެގަނެ, އެކަމުން ރައްކާތެރިވުމުގެ މުހިންމުކަން ކިޔައިދިނުމެވެ.

މި ފެއާގެ ތެރެއިން އިފުތިތާހުކުރި "ސްޓްރެޗިން ޕްރޮގްރާމް" އަކީ މަސައްކަތުގެ މާހައުލުގައި, ހާއްސަކޮށް އޮޕަރޭޝަނަލް ދާއިރާތަކުގައި, ގަވާއިދުން ކަސްރަތުކުރުމާއި އަނިޔާއިން ރައްކާތެރިވުމުގެ އާދަތައް އަށަގެންނެވުމަށް ފެށި މުހިންމު ޕްރޮގްރާމެކެވެ.

މި ފެއާ ކުރިއަށް ގެންދިޔައީ އޭޑީކޭ, ވެލްނެސް ކްލަބް މެނޭޖްޑް ބައި ހީޓް, ރިވައިވް ފިޓްނަސް, ފިޒިއޯ ސޮލިއުޝަންސް, އޭއެމްޑީސީ, ލެގަސީ ފިޓްނަސް, ޝީ, ތަސައްލީ މެޑިކަލް ކެއާ އަދި އެޗްޑީސީއާ ގުޅިގެންނެވެ.

މި ފެއާގެ ތެރެއިން ކޮމްބެޓް ފިޓްނެސް ސެޝަންއަކާއި ވޯކިން އެކްސަސައިޒް ދަސްކޮށްދޭ ސްޓޭޖް ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އަދި ފެއާގައި ބައިވެރިވި ފަރާތްތަކުން ވަނީ ކަށިތަކާއި މަސްތަކުގެ ޓެސްޓުތައް ހިލޭ ހެދުމުގެ ފުރުސަތާއި ހެލްތު ޕެކޭޖުތަކުންނާއި ފިޓްނަސް ޕްރޮގްރާމްތަކުން މުވައްޒަފުންނަށް ޑިސްކައުންޓް ވެސް ދީފަ އެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު