ރާއްޖެ
ދިވެހިރާއްޖޭގެ އިގުތިސާދީ ސަރަހައްދުން ވަގަށް މަސްވެރިކަން ކުރި ލަންކާގެ ދެ ބޯޓު އަތުލައިގެންފި
ރރިޒްނާ ޒަރީރު
February 3, 2026
ދިވެހިރާއްޖޭގެ އިގުތިސާދީ ސަރަހައްދުގައި ގާނޫނާ ހިލާފަށް ހަރަކާތްތެރިވަމުންދިޔަ ސްރީލަންކާގެ ދެ މަސްބޯޓު އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
މި ބޯޓުތައް އަތުލައިގަނެފައި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑާއި، އެމްއެންޑީއެފް އެއާ ކޯ ގުޅިގެން ހިންގި ހާއްސަ ސާވެއިލަންސް އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި، ސްރީލަންކާއަށް ނިސްބަތްވާ މި ދެ ބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހުގެ މެންދުރުފަހު 14:02 ހާއިރުއެވެ. މި ބޯޓުތައް ފެނިފައި ވަނީ ހއ. ކެލާގެ އިރުން ގާތްގަނޑަކަށް 109 ނޯޓިކަލް މޭލު ބޭރުން، ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގެ ތެރޭގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަން ހަރަކާތްތެރިވަނިކޮށެވެ.
