
ކުއްޖަކު ގްރޫމްކޮށް ޖިންސީ އަމަލު ހިންގައި ބަރަހަނާ ވީޑިއޯ ގެންޅުނު ޓީވީއެމްގެ ޕްރޮޑިއުސަރަކު ހައްޔަރުކޮށްފި
ކުއްޖަކު ގްރޫމްކޮށް ޖިންސީ ގޯނާކޮށް އަދި ކުޑަކުދިންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ގެންގުޅުމާއި ކުޑަ ކުދިންނާ އެކު ޖިންސީ އަމަލު ހިންގުމުގެ ތުހުމަތުގައި ޓީވީއެމްގެ ޕްރޮޑިއުސަރަކު މިއަދު ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކުރީ ގދ. ފިޔޯރީ، މޫސަލް މުއީން އެވެ. އޭނާއަކީ ޓީވީއެމްގައި ކުޑަކުދިންގެ ޝޯތައް ވެސް ޕްރޮޑިއުސް ކުރަމުން އައި މީހެކެވެ. އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރުކުރީ ޝޯއަކަށް ގެންދިޔަ ކުއްޖަކާ އެކަށީގެންނުވާ ވާހަކަ ދައްކައި ގްރޫމްކުރަން އުޅުނު މައްސަލައެއްގަ އެވެ.
އޭނާ ގިނަ އަދަދެއްގެ ފިރިހެން ކުދިންނާ މިފަދަ ގުޅުންތައް ބާއްވާފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށް ވެސް އެނގިފައިވެ އެވެ.
ފުލުހުން ބުނި ގޮތުގައި ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ އިލެކްޓްރޯނިކް ވަސީލަތްތަކުގައި ރައްކާކޮށް ގެންގުޅުމާއި ކުޑަކުދިންނާ އެކު ޖިންސީ އަމަލު ހިންގާފައިވާ ކަމަށް އޭނާގެ މައްޗަށް ތުހުމަތުކުރެވެ އެވެ.
އެ މައްސަލާގައި މޫސަލް ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަސް ބަންދަށް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ

