ފިހާރަތަކާއި ކެފޭ، ރެސްޓޯރެންޓުތައް ރޯދަމަހު ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް ކަނޑައަޅައިފި
ރާއްޖެ

ފިހާރަތަކާއި ކެފޭ، ރެސްޓޯރެންޓުތައް ރޯދަމަހު ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް ކަނޑައަޅައިފި

ރރާޅު މީޑިއާ
February 10, 2026

ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނާއި މުދާ ވިއްކާ ތަންތަން ކުރިއަށް އޮތް ރޯދަމަހު ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފި އެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް އާންމުންނަށް ފަސޭހައިން ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އެފަދަ ތަންތަނުން ހިދުމަތް ދޭ ގަޑިތަކަށް ބަދަލު ގެނެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން ރޯދަމަހު ހުޅުވާފައި ބެހެއްޓޭނީ ކޮންމެ ދުވަހެއްގެ ހަވީރު 5:30 އިން ފެށިގެން މެންދަމު 3:00 އާ ހަމައަށް ކަމަށެވެ. އަދި ހަ ރޯދައިގެ ދުވަސްތަކުގައި ވެސް އެ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 4:30 އިން މެންދަމު 3:00 އާ ދެމެދު އެވެ.

މިނިސްޓްރީން ބުނިގޮތުގައި، ފިހާރަތައް ނުވަތަ މުދާ ވިއްކާ ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:30 އިން މެންދަމު 1:00 އާ ހަމައަށެވެ. ރޯދަމަހާއި ހަ ރޯދަ ނިމެންދެން ވެސް އެ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ އެއީ އެވެ.

މީހުން ދިރިއުޅޭ ރަށްތަކުގައި 24 ގަޑިއިރު ހިދުމަތް ދިނުމުގެ ހުއްދަ ދޫކޮށްފައިވާ ތަންތަން ހިމެނޭ ގޮތަށް، ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ވެސް އެ ގަޑިތަކުގަ އެވެ.


ޚިޔާލުފާޅުކުރުން

ކޮމެންޓު