"ތުނޑީ ބަނދަރު މިސްކިތް" ރަސްމީކޮށް ހުޅުވައިފި
ރާއްޖެ

"ތުނޑީ ބަނދަރު މިސްކިތް" ރަސްމީކޮށް ހުޅުވައިފި

ރރާޅު މީޑިއާ
February 8, 2026

ލ. ގަމުގައި ހެޔޮއެދޭ ފަރާތަކުން ބިނާކޮށްދެއްވި އައު މިސްކިތް "ތުނޑީ ބަނދަރު މިސްކިތް" މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

ހުކުރު ދުވަހުގެ ހުކުރު ނަމާދަށް މިސްކިތް ހުޅުވައިދެެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރެވެ.

11 މެއި 2023 ގައި ޢަމަލީ މަސައްކަތް ފެށި މި މިސްކިތަކީ 342 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން އިތުރު މިސްކިތްތަކެއް ހުޅުވުމަށް ވުޒާރާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު