މާރިޗު މަހުގެ 9 އިން ފެށިގެން މިއަހަރުވެސް ފަހު ދިހައެއް ބަންދު
ރާއްޖެ

މާރިޗު މަހުގެ 9 އިން ފެށިގެން މިއަހަރުވެސް ފަހު ދިހައެއް ބަންދު

އއައިނީ
February 26, 2026

އަންނަ މަރޗް މަހުގެ 9 ވާ ހޯމަ ދުވަހުން ފެށިގެން ރަމަޟާންމަހުގެ ފަހުދިހައެއްގައި ސަރުކާރުގެ އޮފީސްތައް ބަންދުވާނެއެވެ. މިއީ ދީނީ ކަންކަމަށް ފުރުޞަތު ފަހިކޮށްދިނުމަށް، ރައީސުލްޖުމްހޫރިއްޔާ ޑ.މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ފަހުދިހައެއް ބަންދުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާ އެގޮތަށް ޢަމަލުކުރަން ފަށާފައިވަނީ 1445 ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެންނެވެ. އެދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 4 ފެބުރުވަރީ 2024 ގައި ނެރުއްވި ދެންނެވުމުން ވަނީ ހަމަޖައްސަވާފައެވެ. މިގޮތަށް ހަމަޖެއްސެވީ އިސްލާމީ އުސޫލުތައް ގާއިމުކުރެއްވުމަށާއި، ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި، ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދެއްވުމުގެ ގޮތުން ކަމަށް ސަރުކާރުން ބުނެއެވެ.

ރަމަޟާން މަހުގެ ފަހުދިހައަކާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި، އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދެއްވަންޖެހޭ ޚިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅުއްވާ ގޮތެއްގެ މަތިން ދެއްވުމުގެ އިންތިޒާމު، އެ މުއައްސަސާއަކުން ހަމަޖެއްސެވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމުގައި ވަނީ އަންގަވައިފައެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު