
މެދުއިރުމަތީގެ ގައުމުތަކުގައި ކިޔަވަމުންދާ ދަރިވަރުންގެ ހާލުދަނީ ގާތުން ބަލަމުން
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ އަސްކަރީ ކުރިމަތިލުމާއި ގުޅިގެން އެ ގައުމުތަކުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ހާލުދަނީ ގާތުން ބަލަމުން ކަމަށް މަތީ ތައުލީމާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
ވުޒާރާއިން ބުނީ، މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން، އެ ސަރަޙައްދުގެ ޤައުމުތަކުގައި ކިޔަވަމުންދާ ދިވެހި އެއްވެސް ދަރިވަރަކަށް އޭގެ އަސަރު ކުރޭތޯ ބަލަމުންދާކަމަށެވެ.
ދަރިވަރުންގެ ސަލާމަތާ ރައްކާތެރިކަމަށް އެޅެންހުރި ހުރިހައި ފިޔަވަޅުތައް އަޅަމުންދާކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނެއެވެ. ދަރިވަރުންގެ ހާލަތު ގާތުން ބަލަމުންދާކަމަށާއި އަދި ކަމާގުޅޭ އިދާރާތަކާ ގުޅިގެން އެ ސަރަޙައްދުގެ މަޝްރަޙައް އަންނަމުންދާ ބަދަލުތަކާއި ގުޅޭގޮތުން ކުރަންޖެހޭ މުޢާމަލާތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާކަމަށްވެސް ބުނެއެވެ.
އެގޮތުން ކަމާގުޅޭ އެކި އިދާރާތަކާއި ޑިޕްލޮމެޓިކް މިޝަންތަކާއި ތައުލީމުދޭ މަރުކަޒުތަކާއި ގުޅިގެން، ހާލަތުގެ މަޢުލޫމާތު އޮޅުންފިލުވާ ފޯރުކޮށްދެމުންދާކަމަށްވެސް ބުނެއެވެ. ވުޒާރާއިން ބުނީ، މި ނާޒުކު ދަނޑިވަޅުގައިވެސް، ދަރިވަރުންގެ ދަރިވަރުންގެ ސަލާމަތާ ރައްކާތެރިކަމަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެކަމަށެވެ.
ކިޔަވާކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒު ކަމަށް ވެސް އެ ވުޒާރާއިން ބުނެއެވެ. އަދި ކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އެޅުމަށް ތައްޔާރަށް އޮތް ކަމަށް ވެސް ބުނެއެވެ.
އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ހަމަލާތަށް ދޭން ފެށީ އިއްޔެ ހެނދުނެވެ. އެ ހަމަލާތަކާއި ގުޅިގެން އީރާނުން ވެސް ދަނީ ހަމަލާތަށް ދެމުންނެވެ. އެގޮތުން އެމެރިކާގެ އަސްކަރިއްޔާ ގާއިމްވެފައިވާ މެދު އިރުމަތީގެ ސަރަހައްދުތަކަށް ހަމަލާތަށް ދަނީ ދެމުންނެވެ. އެއާއިއެކު މުޅި މެދުއިރުމަތީގެ ހާލަތު ގޯސްވެ، ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަނީ އުފެދިފައެވެ.

