
މުސްލިމަކު، ޤްރުއާނަށް އީމާންވެ، އެއަށް ތަބާވާނަމަ، އެއްވެސް ހާލެއްގައި ޔަހޫދީންނަށް ނުވަތަ އެބައިމީހުންގެ މަސްލަހަތުތަކަށް ތާއީދެއް ނުކުރާނެ
ދިވެހިރާއްޖެއަކީ %100 މުސްލިމު ގައުމެއްކަން އެނގި ހާމައަށް އޮންނައިރު، ކީރިތި ޤްރުއާނުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަހީކުރައްވާފައިވާ ސާފު އިރުޝާދުތަކާ ޚިލާފަށް ބައެއް ދިވެހީން އިޒްރާއީލަށް ތާއީދުކޮށް، އެބައިމީހުންގެ މަސްލަހަތުތަކަށް ވަކާލާތުކުރާތަން ފެންނަނީ ކަންބޮޑުވުމުގެ ސުވާލުތަކެއް އުފައްދަމުންނެވެ. މިކަމާ ގުޅިގެން މުޖުތަމަޢުގެ ތެރޭގައި ހޫނު ބަހުސްތަކެއް ހިނގަމުންދާއިރު، ދީނީގޮތުން މިކަމަށް ބަލާލުމަކީ މުހިންމު ކަމެކެވެ.
ކީރިތި ޤްރުއާނުގައި މުއުމިނުންނާއި އެންމެ އަދާވާތްތެރި ބަޔަކީ ޔަހޫދީންކަން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަރަށް ސާފު އިބާރާތްތަކުން ވަހީކުރައްވާފައިވެއެވެ. މިއީ މުސްލިމުން އެބައިމީހުންނާމެދު ދެކެންވީގޮތާއި، އެބައިމީހުންގެ ކިބައިން ރައްކާތެރިވުމަށް އޮތް ބާރުގަދަ އިރުޝާދެކެވެ. މުސްލިމަކު، ޤްރުއާނަށް އީމާންވެ، އެއަށް ތަބާވާނަމަ، އެއްވެސް ހާލެއްގައި ޔަހޫދީންނަށް ނުވަތަ އެބައިމީހުންގެ މަސްލަހަތުތަކަށް ތާއީދެއް ނުކުރާނެކަމަށް ދީނީ ޢިލްމުވެރިން އިއްތިފާޤުވެއެވެ. ޤްރުއާނުގެ މިހާ ސާފު ނައްޞުތަކެއް ހުއްޓައި، ޔަހޫދީ ދައުލަތަކަށް ތާއީދުކުރުމަކީ އިސްލާމީ އަޤީދާއާ މުޅިން ޚިލާފު ކަމެކެވެ.
މިފަދަ ހާމަ އިރުޝާދުތަކެއް ހުއްޓައިވެސް، މީސްމީޑިޔާގެ އެކި ޕްލެޓްފޯމުތަކުންނާއި، ބައެއް ޢާންމު މަސްރަޙުތަކުން އިޒްރާއީލަށް ތާއީދުކޮށް، އެބައިމީހުންގެ ޢަމަލުތައް ދިފާޢުކޮށް ވާހަކަ ދައްކާ ދިވެހީން ފެންނަމުންދެއެވެ. މިކަމަކީ ދިވެހިރާއްޖޭގެ އިސްލާމީ ސިފައަށް ލޮޅުން އަރުވައި، ޤައުމީ އެއްބައިވަންތަކަމަށް ނުރައްކާވާފަދަ ކަމެއްކަމަށް ގިނަ ބަޔަކު ދެކެއެވެ. ޚާއްޞަކޮށް، ފަލަސްޠީނުގެ މުސްލިމުންނަށް އިޒްރާއީލުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކުގެ ސަބަބުން މުޅި އިސްލާމީ އުންމަތް ހިތާމަ ކޮށްފައިވާ ދަނޑިވަޅެއްގައި، ބައެއް ދިވެހީން އިޒްރާއީލަށް ތާއީދުކުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް އުފައްދާ ކަމެކެވެ.
މިފަދަ ޢަމަލުތައް ފާޅުވަނީ ކީއްވެގެންތޯ ބެލުމަކީ މުހިންމު ކަމެކެވެ. ބައެއް ފަރާތްތަކުން ދެކޭގޮތުގައި، ދީނީ ހޭލުންތެރިކަން ކުޑަވުމާއި، ޤްރުއާނުގެ އާޔަތްތަކުގެ މާނަ ނުވިސްނުމަކީ މީގެ އެއް ސަބަބެކެވެ. އަދި، ބައެއް ފަހަރު ދުނިޔަވީ ފައިދާއަށްޓަކައި ނުވަތަ ޚާރިޖީ ފަރާތްތަކުގެ ނުފޫޒުގެ ދަށުވެގެން މިފަދަ ވާހަކަތައް ދައްކާކަމަށްވެސް ބައެއް މީހުން ދެކެއެވެ. އަޅުގަނޑުމެން ދުނިޔޭގެ މައްސަލަތަކަށް ބަލާއިރުވެސް، އަޅުގަނޑުމެންގެ ދީނީ އަސާސްތަކަށް ބަރޯސާވެގެން ނޫނީ އެއްވެސް މައްސަލައަކަށް ޙައްލެއް ނުލިބޭނެކަން ވަރަށް ރަނގަޅަށް ސާބިތުވެއެވެ.
މިފަދަ ހިޔާލުތައް މުޖުތަމަޢުގެ ތެރެއިން ފާޅުވުމަކީ ދިވެހި ޒުވާނުންގެ މެދުގައި ނުތަނަވަސްކަން އުފައްދާ ކަމެކެވެ. އިސްލާމީ އަޤީދާއަށް ހީނަރުކަން އަތުވެދާނެކަމުގެ ބިރުވެރިކަން ދައްކައެވެ. މިއީ ހަމައެކަނި ސިޔާސީ މައްސަލައެއް ނޫނެވެ؛ މިއީ އަޅުގަނޑުމެންގެ ދީނީ އަސާސްތަކާ ގުޅިފައިވާ، އަޅުގަނޑުމެންގެ އީމާންކަމަށް ގޮންޖެހުންދޭ މައްސަލައެކެވެ. މިފަދަ ކަންކަން ހުއްޓުވުމަށްޓަކައި، ދީނީ އިލްމުވެރިންނާއި، އިސްލާމީ މަރުކަޒުތަކުން އިތުރު ހޭލުންތެރިކަން އުފެއްދުމަށް މަސައްކަތްކުރުން މުހިންމެވެ. ކީރިތި ޤްރުއާނާއި ރަސޫލާގެ ސުންނަތުގެ އަލީގައި ރައްޔިތުންނަށް ދީނީ ތަޢުލީމު ދިނުން އިތުރުކުރަންޖެހެއެވެ.

