ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިންމާލައިފި
ރާއްޖެ

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިންމާލައިފި

އއައިނީ
April 19, 2026

ބޮޑުތަކުރުފާނު މަގުމަގު ހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ސެގްމަންޓް ފަހެއްގެ 45 ޕަސެންޓު މަސައްކަތް ނިންމައިފި އެވެ.

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ތިންވަނަ ފިޔަވަހި (ސެގްމެންޓް 2 އިން 5) އަށްވާ ސަރަހައްދުގެ މަސައްކަތް ފެށީ ފާއިތުވި މަހުގެ 24 ގައެވެ.

މި މަޝްރޫޢުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މިހާރު ކުރިއަށްދަނީ ނަރުދަމާ އާއި ފެން ހޮޅި އެޅުމުގެ މަސައްކަތާއި، މަގުގެ ދުވާރު ހެދުމަށް ބޭނުންވާ ގައު ޖެހުމުގެ އިތުރުން މަގު ބައްތި ޖެހުމުގެ މަސައްކަތްތައް ކަމަށެވެ.

މީގެއިތުރުން، މަގުގެ ދުވާރު ހެދުމާއި، ކަރަންޓު ކޭބަލް ވަޅުލުމަށް ބޭނުންވާ ވަޅުގަނޑުތައް ކޮނުމާއި، ކޭބަލްތަކުގެ މައި ނަރުތައް ޖަމާކުރާ ޓޭންކްތައް ބެހެއްޓުމުގެ 50 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އެމްޓީސީސީން އަމާޒު ހިފާފައިވަނީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި މި މަސައްކަތްތައް އެއްކޮށް ނިންމާލުމަށެވެ.

މަޝްރޫޢުގެ ސެގްމެންޓް 2، 3 އަދި 4 ގެ ޝީޓް ޕައިލް ކުރުމުގެ މަސައްކަތްވެސް ތާވަލާ އެއްގޮތަށް ކުރިއަށްދާއިރު، މިހާތަނަށް 145 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލްކޮށް ވަނީ ނިމިފައެވެ. އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި ކުރިއަށް އޮތް ހަފުތާގައި މި މަސައްކަތް ނިންމާލުމަށްފަހު، ފެން ހިންދާ ކާނުގަނޑުތަކާއި ކޭބަލް ޖަންކްޝަންތައް ހަރުކުރުމުގެ މަސައްކަތް ފެށުމަށް ވަނީ ތާވަލުކޮށްފައެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މި ފިޔަވަހީގެ ދަށުން މަސައްކަތް ކުރިއަށްދަނީ އިއްޒުއްދީނު ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ހިމެނޭ 700 މީޓަރުގެ ސަރަޙައްދުގައެވެ. މި މަޝްރޫޢުގެ ތެރެއިން 610 މީޓަރުގެ އެއްގަމު ތޮށި އައުކޮށް ތަރައްޤީކުރުން ހިމެނޭއިރު، 5 ވަނަ ސެގްމެންޓްގެ މަސައްކަތުގެ 45 އިންސައްތަ މިހާރު ވަނީ ނިމިފައެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރަން މި ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ (144.5 މިލިއަން) ރުފިޔާއަށް 455 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު