އީދުގެ ތަހުނިޔާއާ އެކު ރައީސް ޔާމީން އެދިވަޑައިގެންނެވީ އިސްލާމީ އުއްމަތަށް ޖެހިފައި ހުރި މުސީބާތްތަކުން ސަލާމަތްކުރުމަށް ދުއާކުރުމަށް!
ރާއްޖެ

އީދުގެ ތަހުނިޔާއާ އެކު ރައީސް ޔާމީން އެދިވަޑައިގެންނެވީ އިސްލާމީ އުއްމަތަށް ޖެހިފައި ހުރި މުސީބާތްތަކުން ސަލާމަތްކުރުމަށް ދުއާކުރުމަށް!

ރރާޅު މީޑިއާ
March 19, 2026

ބަރަކާތްތެރި ފިޠުރު އީދުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ރައްޔިތުންނަށް އަރިސް ކުރައްވައި އިސްލާމީ އުއްމަތަށް ޖެހިފައިވާ މުސީބާތްތަކުން ސަލާމަތްކުރެއްވުމަށް އެދި ދުއާކުރުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އެދިވަޑައިގެންފިއެވެ.

ރައީސް ޔާމީންއާ އެމަނިކުފާނުގެ އަނބިކަނބަލުންގެ ފަރާތްޕުޅުން ދިވެހި އެންމެހާ ރައްޔިތުންނަށް ފިތުރު އީދުގެ ތަހުނިޔާ އަރިސްކުރައްވާ ފޮނުއްވި މެސެޖުގައި ވަނީ، އެމަނިކުފާނާ އަދި އާއިލާގެ ނަމުގައި އީދުގެ ހެޔޮ އެދުމާ މުބާރަކުބާދު ރައްޔިތުންނަށް އަރިސް ކުރައްވާފައިވެއެވެ.

ރަމަޟާން މަހުގެ ރޯދައިގެ ބަރަކާތާ އެކު ހުރިހާ ރައްޔިތުންނާ ބައްދަލުކުރާ ފިޠުރު އީދަކީ އުފާވެރި ވަގުތުތަކެއް ނަމަވެސް ރޯދަ މަހެކޭ އެއް ފަދައިން އަޅުކަމުގެ ކަންކަމުގައި ހުރިހާ ރައްޔިތުންވެސް ޝާމިލުވެ އުޅުމަށް ރައީސް ޔާމީންގެ މެސެޖުގައި އިލްތިމާސްކުރައްވާފައިވެއެވެ.

މީގެ އިތުރުން އިސްލާމީ އުއްމަތަށް މިއަދު ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ނުރައްކާތަކުގެ މަތިން ހަނދާންކޮށް ޚާއްސަކޮށް ފަލަސްތީނުގެ ރައްޔިތުންނާ އީރާންގެ ރައްޔިތުންނަށް ކުރިމަތިކުރުވަމުން ގެންދާ އަނިޔާއިން އެ މުސްލިމު އަޚުންނާ އުޚުތުން ސަލާމަތްކޮށްދިނުމަށް އެދި ދުއާ ކުރުމަށް ވެސް އެމަނިކުފާނު އިލްތިމާސްކުރައްވާފައިވެއެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު