ފީއަލީ ވިޔަފާރިވެރިން ހޭލުންތެރިކުރުމަށް ފުލުހުން ހާއްސަ ހަރަކާތެއް ހިންގައިފި
ވިޔަފާރިވެރިން ހޭލުންތެރިކުރުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފ. ފީއަލީ ފިހާރަތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ހަރަކާތެއް އެ ރަށު ޕޮލިސް ޕޯސްޓުން ކުރިއަށް ގެންގޮސްފި އެވެ.
އާދިއްތަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، މަކަރާއި ހީލަތުން ފައިސާގެ މުއާމަލާތްކުރަމުންދާ މައްސަލަތަކުން ރައްކާތެރިކުރުވުމަށް ކުރެވިދާނެ ކަންތައްތަކާއި، ސެކިއުރިޓީ ބެލެހެއްޓިދާނެ ޒަމާނީގޮތްތަކާއި، ވައްކަމާއި ސްކޭމް ފަދަ ކުށްތަކުން ރައްކާތެރިވުމަށް ކުރާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެ އެވެ.
ހަމައެއާއެކު ވިޔަފާރިއާ ގުޅުންހުރި އެހެނިހެން ކަންކަމާ ގުޅޭގޮތުން ވެސް އިރުޝާދުދީ ހޭލުންތެރިކުރުވުމަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އާންމު ރައްޔިތުން ހޭލުންތެރިކުރުމަށް ފުލުހުން އަންނަނީ ތަފާތު މަސައްކަތްތައް ކުރަމުން ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
