
އެމްޑީޕީ ބަލިކުރަން މިއުޅެނީ އޮޅުވާލައި މަކަރު ހަދާގެނެއްނޫން: މެންބަރު ޝުޖާއު
އޭޕްރީލް 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ ޕާޓީ ޕީއެންސީން، އިދިކޮޅު އެމްޑީޕީ ބަލިކުރަން އުޅެނީ އޮޅުވާލައި މަކަރު ހަދާގެން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު އެހެން ވިދާޅުވީ އެމްޑީޕީގެ ކުރީގެ ޗެއާޕަރސަން ފައްޔާޒު އިސްމާއިލް އެކްސްގައި ކުރެއްވި ޕޯސްޓަށް ރައްދުދެއްވަމުންނެވެ. ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރުދައްކައި ޖެއްސުން ކޮށް އެމީހުންގެ ވޯޓު ކަށަވަރު ކުރުމަށް އެމީހުން ތިބި ރަށް ނޫން އެހެން ރަށްރަށަށް އެމީހުން ރީ ރަޖިސްޓަރީ ކުރުވަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ފައްޓަވާފައިވާ ކަމަށެވެ.
މުވައްޒަފުންގެ ވޯޓުލުމުގެ ހައްގު ގެއްލުވާލަން ރައީސް މުއިއްޒު ހިންގާ ނާތަހުޒީބު އަމަލު ހުއްޓާލުމަށް ފައްޔާޒު ވަނީ ގޮވާލައްވާފައެވެ.
ޝުޖާއު އެކްސަގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ 2020 ވަނަ އަހަރު ބާއްވަން އޮތް ލޯކަލް ކައުންސިލް އިންތިހާބު ގާނޫނު ހަދާ މަޖިލީހުގެ ސްޕަރ މެޖޯރިޓީ ބޭނުންކޮށް 2021 ވަނަ އަހަރަށް ފަސްކޮށް، އެމުއްދަތުގެ ތެރޭގައި ޕީއެންސީން ވާދަކުރާ ކެނޑިޑޭޓުންނަށް ބިރުދައްކައި، ނަން ނަގުވައި، ކެނޑިޑޭޓުންނަށް ތަފާތު ހުރަސްތައް ކުރިމަތި ކުރުވާފައިވާ ކަމަށެވެ.
އަދި ވޯޓު ދޭން ތިއްބެވި ރައްޔިތުންނަށް ތަފާތު އުނދަގޫތައް ޖައްސައި، ވޯޓު ލާންޖެހޭތަން ބަދަލު ކުރުމަށް ހުށައެޅުންތައް ހުށައެޅި މީހުންނަށް ހީވާނީ އެފަދަ ގޮތަކަށް ކަމަށް ޝައުޖާ ވިދާޅުވިއެވެ.
ޝައުޖާ އިތުރަށް ވިދާޅުވީ ޕީއެންސީން އިދިކޮޅު އެމްޑީޕީ ބަލިކުރަން އުޅެނީ އޮޅުވާލައި މަކަރު ހަދާގެންނޫކަމަށެވެ. އަދި އެމްޑީޕީން އުޅުނު ގޮތް ކިޔާދީ، ރައްޔިތުންނަށް ތެދު ހަދާގެން ސަރުކާރުގެ ސިޔާސަތު ހާމަކޮށްދީގެން ރައްޔިތުންގެ ވޯޓު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޝުޖާއު ފާހަގަ ކުރެއްވި އެވެ.

