ފުވައްމުލަކު ސިޓީ ކައުންސިލުން ޕީއެންސީއަށް އެންމެ ގޮނޑިއެއްވެސް ނުލިބުނު
ރާއްޖެ

ފުވައްމުލަކު ސިޓީ ކައުންސިލުން ޕީއެންސީއަށް އެންމެ ގޮނޑިއެއްވެސް ނުލިބުނު

ރރާޅު މީޑިއާ
April 5, 2026

ލޯކަލް ކައުންސިލް އިންތިހާބުގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އެއްވެސް ގޮނޑިއެއް ޕީއެންސީއަށް ނުލިބި، އެންމެ ގޮނޑިއެއް ފިޔަވައި ހުރިހާ ގޮނޑިތައް އެމްޑީޕީން ކަށަވަރުކޮށްފި އެވެ. 

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް، ފުވައްމުލަކުގެ އެކި ދާއިރާތަކުން އަށް ކައުންސިލަރުންނާއި މޭޔަރެއް ވަނީ އިންތިހާބުކޮށްފަ އެވެ.

މިހާރު ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު، ފުވައްމުލަކުގެ މޭޔަރު ކަމުގައި މިހާރު ވެސް ހުންނެވި އެމްޑީޕީގެ އިސްމާއިލް ރަފީގު ވަނީ ބޮޑު ތަފާތަކުން ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފަ އެވެ. އަދި ކައުންސިލް މެމްބަރު ކަމަށް އެމްޑީޕީން ވާދަކުރި ހަތް ގޮނޑި ވެސް ވަނީ ކާމިޔާބުކޮށްފަ އެވެ.

އެ ސިޓީން އެމްޑީޕީން ކުރިމަތިނުލަނީ ދަޑިމަގު ދާއިރާއަށް އެކަންޏެވެ. އަދި އެ ދާއިރާގެ ޕީއެންސީ ކެންޑިޑޭޓް އަދި މިހާރުގެ ސިޓީ ކައުންސިލް މެމްބަރު ބަލިކޮށް، އެ ގޮނޑި ކާމިޔާބުކުރީ އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓެކެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު