ހުޅުމާލެ ތިން ވަނަ ފިޔަވަހިން ދީފައިވާ ގޯތިތައް ހަވާލުކުރަން ފަށަނީ
ރާއްޖެ

ހުޅުމާލެ ތިން ވަނަ ފިޔަވަހިން ދީފައިވާ ގޯތިތައް ހަވާލުކުރަން ފަށަނީ

އއައިނީ
March 26, 2026

"ބިންވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލެ ތިން ވަނަ ފިޔަވަހިން ގޯތި ލިބިފައިވާ މީހުންނަށް ބިން ހަވާލުކުރުމަށް ވާންޖެހޭ ތައްޔާރީތައް ފަށައިފިއެވެ.

އެޗްޑީސީއިން އެކްސްގައި ކުރި ޕޯސްޓުގައި ބުނީ، ބިން ހަވާލުކުރުމުގެ ގޮތުން އެ ސަރަޙައްދު ސާވޭ ކުރުމާއި އިންފާރު ވަކިކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެމަސައްކަތް އެޗްޑީސީއިން ކުރަމުންގެންދަނީ އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއާ ގުޅިގެންނެވެ. 

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފުރަތަމަ ފެށި, ތިން ވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއުގެ ދަށުން އޭރު ވަނީ 24 ހެކްޓަރުގެ ބިން ހިއްކާފައެވެ.

ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ ހަވާލުކޮށްގެން ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ 63 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އެ މަސައްކަތް މަޑުޖެހިފައި އޮތުމަށް ފަހު، އަލުން މިދިޔަ ނޮވެންބަރު ދިހައެއްގައި ފެށީ ތިންވަނަ ފިޔަވަހިން ބާކީ 38 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތްތަކެވެ.

އެ ސަރަހައްދު ހިއްކާ ނިމިފައިވާކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއުލާނުކުރެއްވީ، މިދިޔަ ޖަނަވަރީ 25ގައެވެ.

ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ކުރީ މޯލްޑިވްސް އެއާޕޯޓް ކޮމެޕެނީ (އެމްއޭސީއެލް)އިންނެވެ. ހުޅުމާލެ ތިން ވަނަ ފިޔަވަހި ހިއްކުމަށް ބޭނުން ކުރި ޑްރެޖަރަކީ އެއް ފަހަރާ 22،000 ކިއުބިކް މީޓަރުގެ ވެލި ނެގުމުގެ ކެޕޭސިޓީ ހުރި ޑްރެޖަރު ކަމަށްވާ ޕްރިންސް ދަ ނެދަލަންޑެންއާއި އޮރަންޖޭ ނަމަކަށް ކިޔާ ދެ ޑްރެޖަރު ބޭނުންކޮށްގެންނެވެ. އެ މަސައްކަތް ނިންމީ މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު