20 ރުފިޔާ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި
ވިޔަފާރި

20 ރުފިޔާ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި

އއައިނީ
February 15, 2026

ބާޒާރުގައި ދައުރުވާ ދިވެހި 20 ރުފިޔާ ނޫޓުގެ ސްޓޮކް މަދުވުމުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާ ސްޓޮކެއް ޗާޕުކޮށްގެން ގެނެސްފިއެވެ.

އެމްއެމްއޭ އިން ބުނީ އެ އޮތޯރިޓީން ނެރެފައިވާ ރަންދިހަފަހެއް ނޫޓު ސީރީޒްގެ ނޫޓުތަކުގެ ތެރެއިން 20 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުން މިއަދު އާ ސްޓޮކެއް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް އަލަށް ގެނެސްފައި ވަނީ 20 ރުފިޔާގެ ގެ ކިހާ ނޫޓެއް ކަމެއް އެމްއެމްއޭއިން ހާމަކޮށްފައެއް ނުވެއެވެ.

އެމްއެމްއޭއިން 20 ރުފިޔާ ނޫޓުގެ އާ ސްޓޮކެއް މި ގެނައީ 20 ރުފިޔާގެ ނޫޓު ބާޒާރުގައި ދައުރުވާ މިންވަރު މަދުކަމުގެ ކަންބޮޑުވުން ފެންމަތިވެފައި ވަނިކޮށެވެ. ސްޓޮކް މަދުވުމުން ޗާޕްކޮށްގެން ނޫޓު ގެނައުމަކީ އަބަދުވެސް ކުރާ ކަމެކެވެ.

"ރަންދިހަ ފަހެއް" ގެ ނަމުގައި އައު ނޫޓު ސީރީޒް ބޭނުންކުރަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. ދިވެހި ރުފިޔާގެ އައު ނޫޓް ސީރީޒްގެ ނޫޓްތަކަކީ ކުރިން ބޭނުންކުރި ނޫޓް ސީރީޒްތަކުގެ ނޫޓްތަކާ ޚިލާފަށް ރައްކާތެރި، ގެންގުޅެން ފަސޭހަ ޒަމާނީ ނޫޓްތަކެކެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު