ރ. ވާދޫން ކަނޑުމައްޗަށް ނިކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ މުޙައްމަދު އިގްބާލް ފެނިއްޖެ އެވެ
ރާއްޖެ

ރ. ވާދޫން ކަނޑުމައްޗަށް ނިކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ މުޙައްމަދު އިގްބާލް ފެނިއްޖެ އެވެ

ރރާޅު މީޑިއާ
March 13, 2026

ރ. ވާދޫން ކަނޑުމައްޗަށް ނިކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ މުޙައްމަދު އިގްބާލް ފެނިއްޖެ އެވެ.

ފުލުހުން ބުނީ އިގްބާލް ފެނުނު އިރު އޭނާގެ ހާލު ރަނގަޅު ކަމަށެވެ. 

އިގްބާލް ފެނިފައިވަނީ މިއަދު ހެނދުނު 06:53 އެހައިކަންހާއިރު އެވެ.

އޭނާ ގެއްލުނީ އޭނާ ދަތުރުކުރި ޑިންގީގެ އިންޖީނު ހުއްޓުމުންނެވެ. އިންޖީނު ހުއްޓުމުން އިގްބާލް ވަނީ ރ. އަލިފުށި ކައިރީގައި އޮތް ބޮއެއްގައި އުޅަނދު އައްސާފަ އެވެ. އޭނާ ފެނިފައިވަނީ، ހޯދުމުގެ މަސައްކަތަށް މިއަދު ހެނދުނު ރ. ވާދޫން ނުކުތް ބަޔަކަށެވެ. 

މި މަސައްކަތުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި، ހޯދުމުގެ މަސައްކަތުގައި އެކި ގޮތްގޮތުން ބައިވެރިވި އެންމެހާ ފަރާތްތަކަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ. 

މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މާޗު 12 ވީ ބުރާސްފަތި ދުވަހުގެ ރޭގަނޑު 20:48 ހާއިރު އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިޤްބާލް ކަނޑުމައްޗަށް ނިކުމެފައިވަނީ އިއްޔެ ފަތިހުގެ ވަގުތެއްގަ އެވެ. އޭނާ ދަތުރަށް ނިކުތީ ކުޑަ ޑިންގީއެއްގައި އެކަނި ކަމަށްވާއިރު، އޭނާ އަތުގައި އެއްވެސް މޯބައިލް ފޯނެއް ނެތް ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު