
ރާއްޖެ
ހަނގުރާމައާ ގުޅިގެން ޚަރަދު ބޮޑުވުމުން ކަމަށްބުނެ، މިފްކޯގެ ތެޔޮ މަސްދަޅުގެ އަގު ބޮޑުކޮށްފި
ރރާޅު މީޑިއާ
April 6, 2026
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން ކަމަށް ބުނެ، މަސްދަޅު އުފެއްދުމުގެ ޚަރަދު ބޮޑުވެ، ސަރުކާރުގެ މަސް ކުންފުނި ކަމަށްވާ މިފްކޯއިން ތެޔޮ މަސްދަޅުގެ އަގު ބޮޑުކޮށްފިއެވެ. މިގޮތުން ކުރިން 17.50 ރުފިޔާއަށް ވިއްކަމުންދިޔަ މަސްދަޅެއްގެ އަގު ވަނީ 18.50 ރުފިޔާއަށް ބަދަލުކޮށްފައެވެ. އަދި ތެޔޮ މަސްދަޅު ކޭހެއްގެ އަގު ވަނީ 800 ރުފިޔާއަށް ހަމަޖައްސާފައެވެ. މީގެ އިތުރުން ޚަރަދު ކުޑަކުރުމުގެ ގޮތުން އެ ކުންފުނީގެ ރަސްމީ މަސައްކަތު ގަޑިން 2 ގަޑިއިރު ވަނީ މަދުކޮށްފައެވެ. މި ބަދަލުތައް އައިސްފައިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ހޮރުމުޒް ކަނޑުއޮޅި ބަންދުވެ، ތެޔޮ އުފުލުމަށް ދަތިވުމުގެ ސަބަބުންނެވެ. އެހެންނަމަވެސް، ސަރުކާރުން ވަނީ ކާބޯތަކެއްޗާއި ތެޔޮ މެދުކެނޑުމެއްނެތި ލިބޭނެކަމުގެ ޔަގީންކަން ދީފައެވެ.

