
ރާއްޖެ
ހުރިހާ ސިޓީއެއްގެ މޭޔަރުކަމާއި ސުޕަ މެޖޯރިޓީވެސް އެމްޑީޕީއަށް
ރރާޅު މީޑިއާ
April 5, 2026
ލޯކަލް ކައުންސިލް އިންތިހާބުގައި ރާއްޖޭގެ ހުރިހާ ސިޓީއެއްގެ މޭޔަރުގެ ގޮނޑިތަކާއި ކައުންސިލްތަކުގެ ސުޕަ މެޖޯރިޓީ އެމްޑީޕީން ކާމިޔާބުކޮށްފިއެވެ.
މި އިންތިހާބުގައި މިހާރު ވެސް މޭޔަރުކަމުގެ މަގާމުގައި ތިއްބެވި ފަސް ބޭފުޅުން ވަނީ ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފައެވެ.
ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވި މޭޔަރުންނަކީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް، އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު، ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު، ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އަދި ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ އެވެ. މި ފަސް ބޭފުޅުން ވެސް އިންތިހާބުގައި ވާދަކުރެއްވީ އެމްޑީޕީގެ ޓިކެޓުގައެވެ.

