މެދުއިރުމަތީގައި ދިރިއުޅޭ ދިވެހިން ރާއްޖޭގެ އެމްބަސީއެއްގައި ރަޖިސްޓްރީވާން އެދިއްޖެ
ރާއްޖެ

މެދުއިރުމަތީގައި ދިރިއުޅޭ ދިވެހިން ރާއްޖޭގެ އެމްބަސީއެއްގައި ރަޖިސްޓްރީވާން އެދިއްޖެ

އއައިނީ
March 1, 2026

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އެ ސަރަހައްދުގައި ދިރިއުޅޭ ހުރިހާ ދިވެހިން ވީ އެންމެ އަވަހަކަށް އެންމެ ކައިރީގައި ހުރި ރާއްޖޭގެ އެމްބަސީ އެއްގައި ރަޖިސްޓްރީވުމަށް ރާއްޖޭގެ ހާރިޖީ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.

ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހާއްސަކޮށް ހަމަލާތައް އަމާޒުވަމުންދާ ގައުމުތަކުގައި މިވަގުތު ތިބި ދިވެހިން ބޭރުތެރެއަށް ނުކުމެ އުޅުން ވީހާވެސް މަދުކުރުމަށެވެ. އަދި އެ ގައުމުތަކުގެ ސަރުކާރުތަކުން ސަލާމަތާއި ރައްކާތެރިކަމަށް ދެއްވާ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކުރުމަށްވެސް އެ ވުޒާރާއިން ވަނީ އެދިފައެވެ. މި ސަރަހައްދުގައި ތިބި ދިވެހިންގެ ހާލަތު ފޮރިން މިނިސްޓްރީއާއި މެދުއިރުމަތީގައި ހުރި ދިވެހިރާއްޖޭގެ އެމްބަސީތަކުން ގާތުން ބަލަމުންދާ ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.

އަދި ބޭނުންވެއްޖެ ހިނދެއްގައި ކޮންސިއުލާ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން، އެ ސަރަހައްދުގައި އުޅޭ އެންމެހާ ދިވެހިން ވީ އެންމެ އަވަހަކަށް އެންމެ ކައިރީގައި ހުރި ރާއްޖޭގެ އެމްބަސީ އެއްގައި ރަޖިސްޓްރީވުމަށް އެ ވުޒާރާއިން އެދިފައި ވެއެވެ.

އެ ސަރަހައްދުގައި ހުންނަ އެމްބަސީތަކާއި އެ ވުޒާރާގެ ހޮޓްލައިން ނަންބަރުތައް

ދޯހާ ގައި ހުންނަ ރާއްޖޭގެ އެމްބަސީ: 97451777896 +
ޔޫ.އޭ.އީ ގައި ހުންނަ ރާއްޖޭގެ އެމްބަސީ: 97126740200 +
ސައުދީ އަރަބިއްޔާގައި ހުންނަ ރާއްޖޭގެ އެމްބަސީ: 966506894477 +
ހާރިޖީ ވުޒާރާގެ ކޮންސިއުލާ ހޮޓްލައިން: 7983400 (ވަޓްސްއެޕް)
އީމެއިލް: consular@foreign.gov.mv

މެދުއިރުމަތީގެ މަސްރަހު ހޫނުވެފައި ވަނީ އިސްރާއީލާއި، އެމެރިކާއިން އީރާނަށް ހަމަލާ ދޭން ފެށުމުންނެވެ. އީރާނުން ރައްދު ހަމަލާތައް މިހާރު ދެމުން އަންނައިރު، މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތައްވެސް ވެފައި ވަނީ އީރާނުގެ އަމާޒުތަކަށެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު