ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރާނެ އަސަރު  ބަލައި، ފިޔަވަޅުތަކެއް އަޅައިފި
ރާއްޖެ

ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރާނެ އަސަރު ބަލައި، ފިޔަވަޅުތަކެއް އަޅައިފި

ރރާޅު މީޑިއާ
March 12, 2026

މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައާ ގުޅިގެން ރާއްޖެއިން އަޅާފައިވާ ބައެއް ފިޔަވަޅުތައް ސަރުކާރުން މިއަދު ހާމަކޮށްފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓްރު އަބްދުﷲ ހަލީލް ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރާނެ ނޭދެވޭ އަސަރު ދިރާސާކޮށް، ރާއްޖެއަށް ދަތިކަމެއް ނެތި ކާބޯތަކެތި ލިބޭނެ އިންތިޒާމު ދަނީ ހަރުދަނާ ކުރަމުން ކަމަށެވެ.

މިގޮތުން ޒަރޫރީ ކާބޯތަކެތި މެދުނުކެނޑި ލިބޭނެ ގޮތް ހޯދުމަށް އެހެން މާކެޓްތައް ދެނެގަނެ އެ މާކެޓްތަކުން ރާއްޖެއަށް މުދާ އިމްޕޯޓް ކުރަން ފަށާފައިވާ ކަމަށް ހަލީލް ވިދާޅުވި އެވެ.

މީގެއިތުރުން ރާއްޖެއަށް މައިގަނޑު ގޮތެއްގައި ތެޔޮގެންނަނީ މެދުއިރުމަތިންކަން ފާހަގަކުރައްވާ ހަލީލް ވިދާޅުވީ އެ ސަރަހައްދު ބަންދުކޮށްފައިވާތީ ވަކި ގައުމަކަށް ބަރޯސާނުވެ ތެޔޮ ލިބޭނެ އިތުރު މަގުތައް އަވަށްޓެރި ގައުމުތަކާއި އެހެނިހެން ގައުމުތަކުން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ވައިގެ ސަރަހައްދުތައް ބަންދުކުރުމުން ރާއްޖެއަށް ދިމާވާ މައްސަލަތައް ދެނެގަނެ އެކަމަށް ފިޔަވަޅުތަކެއް އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އައު ރޫޓްތަކުން ރާއްޖެއަށް ދަތުރުކުރެވޭނެ ގޮތް ދަނީ ބަލަމުން ކަމަށް ހަލީލް ވިދާޅުވި އެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު