
ގައުމުގައި ހުރި ދަތިތައް ފިލާ ރައްޔިތުންނަށް ފަސޭހަ ދުވަސްތަކެއް ދެއްކެވުމަކީ އަޅުގަޑުގެ ދުއާ: ރައީސް ޔާމީން
ގައުމުގައި ހުރި ދަތިތައް ފިލާ ރައްޔިތުންނަށް ފަސޭހަ ދުވަސްތަކެއް ދެއްކެވުމަކީ އެމަނިކުފާނުގެ ދުއާ ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓުގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮ އެދުންތައް ދިވެހި އެންމެހާ ރައްޔިތުންނަށް އަރިސްކުރައްވަވާ ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.
ރަމަަޟާން މަހުގެ ހެޔޮ އެދުންތައް އަރިސްކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ ރަމަޟާން މަހާ ބައްދަލުކުރުމުގެ ހެޔޮ ތައުފީޤު މިންވަރުކުރެއްވުމަކީ ﷲގެ ހަޟްރަތަށް ޝުކުރުވެރިވާންޖެހޭ ކަމެއްކަމަށެވެ.
އަދި މި ބަރަކާތްތެރި މައްސަރުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް، ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް އިޚްލާޞްތެރިކަމާ އެކު ދަންނަވާ ކަމަށް ވެސް އެ މަނިކުފާނުވަނީ ވިދާޅުވެފައެވެ.
މި މުނާސަބަތުގެ ތަހުނިޔާ، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި ރައްޔިތުންނަށާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ވެރިންނަށް ވެސް ދަންނަވާ ކަމަށް. އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

