
ރާއްޖެ
ބޭނުމީ ހުޅަނގުގެ ޑިމޮކްރަސީ ހެއްޔެވެ. ނުވަތަ ރަން ތިރީސް އަހަރުގަ އޮތް ދިވެހި ވަންތަ ނިޒާމު ހެއްޔެވެ؟
ނނާޒިމް
April 19, 2026
މަލްޓިޕާޓީ ސިސްޓަމް ނުވަތަ އެއްޕާޓީއަށްވުރެން ގިނަ ޕާޓީ ތަކުން ބައިވެރިވާގޮަށް އިންތިހާބުތަކަށް ބަދަލުގެނެސް ޑިމޮކްރެސީ ކިޔާއެއްޗެއް މިއަދު މިވަނީ ދިވެހި ރައްޔިތުންގެ ވަށާލާފައެވެ. މިއީ އެބުނާ ތަހުޒީބު ގައުމުތަކުގައި ބޭނުންކުރާ ނިޒާމުތަކުގެ ބައެކެވެ. މި ނިޒާމުގެ ފޮނިމީރުކަން ނުވަތަ މި ނިޒާމުގެ ހިތިރަހަ މިހާރު ދިވެހީންގެ ކަރުބުޑުގައިވެސް މިވަނީ ލާފައެވެ.
ސުވާލަކީ ދިވެހި ރައްޔިތުން ބޭނުންވަނީ ހުޅަނގުގެ މި ނިޒާމުހެއްޔެވެ ؟
ނުވަތަ ދިގު ރަން ތިރީސް އަހަރުގަ އޮތް ދިވެހިވަންތަ ނިޒާމު ހެއްޔެވެ ؟

