ވޯޓުލާން ރަޖިސްޓަރީވެފައިވާ ފޮށީގެ މަޢުލޫމާތު އާންމުކޮށް، ޝަކުވާ ހުށަހެޅުމަށް ފުރުޞަތު ހުޅުވާލައިފި
ރާއްޖެ

ވޯޓުލާން ރަޖިސްޓަރީވެފައިވާ ފޮށީގެ މަޢުލޫމާތު އާންމުކޮށް، ޝަކުވާ ހުށަހެޅުމަށް ފުރުޞަތު ހުޅުވާލައިފި

އއައިނީ
March 3, 2026

އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު، އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ރަޖިސްޓަރީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އާންމުކޮށްފިއެވެ.

އީސީ އިން ބުނީ ރަޖިސްޓަރީއާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިއަދު ހެނދުނު 10:00 އިން ފެށިގެން، މާދަމާ މެންދުރުފަހު 1:30 ގެ ނިޔަލަށް ވަނީ ހުޅުވާލާފަކަމަށެވެ..

އީސީ އިން މަޢުލޫމާތު ދޭގޮތުގައި، ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ ފޮށީގެ މަޢުލޫމާތާ ގުޅިގެން މި މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ޝަކުވާ ހުށަހަޅަންވާނީ އެ ކޮމިޝަނުގެ މައިޕޯޓަލް (my.elections.gov.mv މެދުވެރިކޮށް އޮންލައިންކޮށެވެ. އަދި ރަޖިސްޓަރީވެފައިވާ ފޮށީގެ މަޢުލޫމާތު، ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން VR (Space) NID   ޖެއްސެވުމަށް ފަހު 1414 އެސް.އެމް.އެސް ފޮނުވުމުން  ނުވަތަ އެ ކޮމިޝަނުގެ ރަޖިސްޓަރޭޝަން ޕޯޓަލް pprvr.elections.gov.mv މެދުވެރިކޮށް ވެސް މައުލޫމާތު ސާފުކުރެވޭނެ އެވެ.

އިންތިޚާބާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން، އިލެކްޝަންސް ކޮމިޝަނުގެ ހޮޓްލައިން ނަންބަރު 1414 އަށް ގުޅުއްވުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު