"ހޭންޑީ" ބިއްލޫރި ފުޅީގެ ފެން ޖަރާސީމުން ތަޣައްޔަރުވެފައިވާތީ ބޭނުން ނުކުރުމަށް އަންގައިފި
ރާއްޖެ

"ހޭންޑީ" ބިއްލޫރި ފުޅީގެ ފެން ޖަރާސީމުން ތަޣައްޔަރުވެފައިވާތީ ބޭނުން ނުކުރުމަށް އަންގައިފި

އއައިނީ
February 17, 2026

'ހޭންޑީ' ބްރޭންޑުގެ ބިއްލޫރި ފުޅީގެ ފެން ބޭނުން ނުކުރަން މޯލްޑިވްސް ފުޑްއެންޑް ޑްރަގް އޮތޯރިޓީން އަންގައިފިއެވެ.

އެމްއެފްޑީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ހޭންޑީ ވޯޓަރ ބޮޓްލިންގ ޕްލާންޓުން އުފައްދާ 'ހޭންޑީ' ބްރޭންޑުގެ ބިއްލޫރި ފުޅީގެ ފެން މަނާ ކުރީ، ޖަރާސީމުން ތަޣައްޔަރުވެފައިވާތީ ކަމަށާއި، މި ފެނަކީ ބޯން ކަމުދާ ފެނެއް ނޫން ކަމަށެވެ.

އެމްއެފްޑީއޭއިން ބުނީ، ތަޣައްޔަރުވެފައިވަނީ ހޭންޑީ ބްރޭންޑުގެ 330 އެމްއެލް، 500 އެމްއެލް އަދި 1 ލީޓަރުގެ ބިއްލޫރި ފެން ފުޅިތަކުގައި ހުރި ފެން ކަމަށެވެ. އަދި މި ފުޅިތައް ތަޙުލީލު ކުރިއިރު، ބޯފެނުގައި ހުރެގެން ނުވާނެ ފަދަ ޖަރާސީމުގެ އަސަރު ފެނިފައިވާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

މި ފެނުގެ ތަޙުލީލު ނަތީޖާ ދައްކާ ގޮތުން، މިއީ ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވާ ބޯފެނުގެ މިންގަނޑަށް ފެތޭ ފެނެއް ނޫންކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން، ޢާންމު ޞިއްޙަތަށް ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި، އެމްއެފްޑީއޭއިން ވަކި ގޮތެއް އަންގަންދެން މި ބްރޭންޑުގެ ބިއްލޫރި ފުޅިތަކުގެ ފެން ބޭނުން ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މި މައްސަލައާ ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް އެމްއެފްޑީއޭގެ ނަންބަރު  3034213 ނުވަތަ 7603204 އަށް ގުޅުއްވުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު