ދޯނީގައި ރޯވި ހާދިސާއާ ގުޅިގެ ފަސް މީހަކު ފިހިގެން ފަރުވާ ދެނީ
ރާއްޖެ

ދޯނީގައި ރޯވި ހާދިސާއާ ގުޅިގެ ފަސް މީހަކު ފިހިގެން ފަރުވާ ދެނީ

އއައިނީ
February 14, 2026

ކުރުނބާ މޯލްޑިވްސް ކައިރިން ދަތުރު ކުރަނިކޮށް އަލިފާން ރޯވި "ޕްރެޝް ފްރޮމް ދަ ސީ" ދޯނީގައި 15 މީހުން ތިބި ކަމަށާއި، އެ ހާދިސާގައި އަނިޔާވި މީހުން މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.
މި ހާދިސާ ހިނގީ މިއަދު މެންދުރު ފަހު 14:54 ހާއިރުއެވެ. ފުލުހުން ވިދާޅުވީ، މި ހާދިސާގައި އަނިޔާވެ، ފަރުވާ ދެމުންދަނީ 2 ދިވެހިންނާއި 3 ބިދޭސީނަށްކަމަށެވެ.

ފުލުހުން ބުނި ގޮތުގައި މި ހާދިސާގައި އަނިޔާވެފައިވަނީ ދެ ދިވެހިންނާއި ތިން ބިދޭސީންނަށެވެ. މި ފަސް މީހުންނަށް ވެސް މިހާރު މާލެ ގެނެސް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ އިރު، އެ މީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް މިހާތަނަށް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި އަލިފާން ރޯވިއިރު އެ ދޯނީގައި 15 މީހުން ތިއްބެވެ. މައުލޫމާތުލިބޭ ގޮތުގައި ދޯނީގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލްވެފައެވެ. އެހެންނަމަވެސް އަދިވެސް ދޯނިން ދުން އަރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާގައި މުޅި ދޯނި ވަނީ އެއްކޮށް އަނދާފައެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ. ދޯނީގައި ރޯވާން ދިމާވި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު