މާލޭގެ ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި
ރާއްޖެ

މާލޭގެ ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

އއައިނީ
March 18, 2026

މާލޭގެ ގަލޮޅުގެ ހުވަފެނީ ގޯޅި ތެރޭގައި ހުންނަ ގެއެއްގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ އެ އިމާރާތުގައި ރޯވެފައިވާ އަލިފާންގަނޑު މިހާރު ނިއްވާލައިފައިވާ ކަމަށެވެ.

ނަމަވެސް އަދިވެސް އެ ތަނުން ދަނީ ދުންއަރަމުންނެވެ.

ރޯވެފައިވަނީ ހުވަފެނީ ގޯޅީގައި ހުރި ހ. ހިޔާ ރޯދި ނަމަކަށް ކިޔާ ގޭގައި ހުންނަ ގުދަނެއްގައެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގުދަނަކަށް ބޭނުންކުރަމުން އައި އެ ގެޔަކީ އެއްވެސް ބަޔަކު ދިރިއުޅޭ ގެއެއް ނޫނެވެ. އެތަނުގައި ރޯވި އިރު އެތަން ހުސްކުރުމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު