ލަންކާގައި ތާށިވެފައިހުރި 4200 ކޮންޓެއިނަރު ގެނައުން މަސައްކަތް ކުރަނީ: ވަޒީރު ސައީދު
ރާއްޖެ

ލަންކާގައި ތާށިވެފައިހުރި 4200 ކޮންޓެއިނަރު ގެނައުން މަސައްކަތް ކުރަނީ: ވަޒީރު ސައީދު

އއައިނީ
April 8, 2026

އަވަށްޓެރި ސްރީލަންކާގެ ކޮލަމްބޯގައި ތާށިވެފައި ހުރި 4200 ކޮންޓެއިނަރުއެބަހުރި ކަމަށާއި، އެ ކޮންޓެއިންރުތައް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ވަޒީރު ސަޢީދު ވިދާޅުވީ ރާއްޖެއާ ކޮލަމްބޯއާ ދެމެދު ދަތުރުތައް ކުރަމުން އައި ނަމަވެސް މިހާތަނަށް 4200 ކޮންޓެއިނަރު ތާށިވެފައިވާ ކަމަށެވެ. މީގެ ތެރޭގައި ވަކި ބާވަތެއްގެ މުދާ މަޑުޖެހިފައި ހުރުމުގެ ސަބަބުން ރާއްޖޭގެ މާކެޓަށް އޭގެ ސަބަބުން ދިމާވެދާނެ ގޮންޖެހުންތަކަށް ރިއާޔަތްކޮށް، އެފަދަ މުދާ ރާއްޖެ ގެނައުމުގެ މަސައްކަތް އަވަސް ކުރައްވަމުންދާ ކަމަށް ވިދާޅުވިއެވެ.
އަސާސީ ބާވާތަތްކުގެ ތެރެއިން ދެ ބާވަތެއް އަވަސްކޮށްދިނުމަށް މާކެޓުން އެ ވުޒާރާގައި އެދިފައިވާތީ އެކަމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރައްވަމުންދާ ކަމަށާއި އެގޮތުން، ސަން ފްލާވާ ތެލާއި ކިރު ރާއްޖެއަށް ގެނައުން އަވަސް ކުރުމަށް 80 ކޮންޓެއިނަރު އަވަސް ކުރުމަށް ލަންކާގެ ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން މަސައްކަތް ކުރައްވަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ދަތުރުފަތުރުގެ ދާއިރާއަށް ވަނީ އަސަރުކޮށްފައެވެ. މީގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ބޮޑު އަސަރުކޮށްފައިވާއިރު ރާއްޖޭގެ މާކެޓަށް އޭގެ އަސަރު ފޯރުނަނުދިނަމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން، ހާއްސަ އިސްކަމެއް ދީގެން ރާއްޖެއަށް ބޭނުންވާ ޒަރޫރީ ސާމާނު ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް އިގްތިސާދީ ތަރައްގިއާއި ވިޔަފާރިއާބެހޭ ވުޒާރާ އާއި އެހެނިހެން ކަމާ ގުޅުން ހުރި އިދާރާތައް ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު