ހޫނު މޫސުމާ ދިމާކޮށް އެޑެލްވައިސްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
ވިޔަފާރި

ހޫނު މޫސުމާ ދިމާކޮށް އެޑެލްވައިސްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ

އއައިނީ
April 23, 2026

މި އަހަރުގެ ހޫނު މޫސުމާ ދިމާކޮށް ސްވިޒަލެންޑްގެ އެޑެލްވައިސް އެއާއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފިއެވެ.

އެޑެލްވައިސް އެއާއިން މިހާރުވެސް ރާއްޖެއަށް ކުރަމުން އަންނަ ޝެޑިއުލް ދަތުރުތަކުގެ އިތުރަށް، މި އަހަރުގެ ޖުލައި 4 އިން ސެޕްޓެންބަރު 13 ގެ ނިޔަލަށް ކޮންމެ ހަފުތާއަކު އިތުރު ދެ ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފުތާއެއްގެ ބުދަ އަދި ހޮނިހިރު ދުވަހުއެވެ.

މި ނިންމުމާއެކު، ކުރިއަށް އޮތް ހޫނު މޫސުމުގެ ތެރޭގައި އެޑެލްވައިސް އެއާއިން ރާއްޖެއަށް ޖުމްލަ 21 އިތުރު ދަތުރު ކުރާނެއެވެ. މިއީ ސްވިޒަލެންޑާއި ޔޫރަޕްގެ އެހެން ގައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ލިބިގެންދާނެ ބޮޑު ފަސޭހައެކެވެ.

އެޑެލްވައިސް އެއާއަކީ ސްވިޒަލެންޑްގެ ތިންވަނައަށް އެންމެ ބޮޑު އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 4 ނޮވެންބަރު 2000ގައެވެ. އެގޮތުން މިދިޔަ އަހަރަކީ އެ އެއާލައިނުން ރާއްޖެއަށް ދަތުރުކުރަން ފެށިތާ 25 އަހަރު ފުރުނު އަހަރެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު