ރާއްޖެ ކައިރިއަށް ބިންހެލުމެއް, ނުރައްކަލެއް ނެތް: މެޓް
ރާއްޖެ

ރާއްޖެ ކައިރިއަށް ބިންހެލުމެއް, ނުރައްކަލެއް ނެތް: މެޓް

ރރާޅު މީޑިއާ
March 3, 2026

އިންޑޮނީޝިއާގެ އުތުރު ސުމަޓްރާ ސަރަޙައްދަށް މިއަދު ހެނދުނު 6.1 ގެ ބާރުގަދަ ބިންހެލުމެއް އައިސްފައިވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކޮށްފިއެވެ.

މެޓް އޮފީހުން މަޢުލޫމާތު ދިން ގޮތުގައި، މި ބިންހެލުން އައިސްފައިވަނީ މިއަދު ހެނދުނު 09:56 އެހާކަންހާއިރުއެވެ. މި ހާދިސާ ހިނގާފައިވަނީ މާލެއާ ގާތްގަނޑަކަށް 2,581 ކިލޯމީޓަރު ދުރުމިނުގައެވެ.

އެ އިދާރާއިން އިތުރަށް ބުނި ގޮތުގައި، މި ބިންހެލުމުގެ ސަބަބުން ދިވެހިރާއްޖެއަށް އެއްވެސް ކަހަލަ ސީދާ ނުރައްކަލެއް ނުވަތަ އަސަރެއް ނުފޯރާނެ އެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު