މަސްދަޅު ކޭސް ދޫކުރުމުގައި އީ-ފާސް، ޕާސްޕޯޓް އަދި ލައިސަންސް ކާޑު ވެސް ބަލައިގަންނާނެ
ރަމަޟާން މަހާ ގުޅިގެން ސަރުކާރުން ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ދޭ މަސްދަޅު ކޭސް ދޫކުރުމުގައި، އައިޑީ ކާޑުގެ އިތުރުން ޑްރައިވިން ލައިސަންސް، އީ-ފާސް އަދި ޕާސްޕޯޓް ވެސް ބަލައިގަންނާނެ ކަމަށް ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
އެކްސްގައި މިނިސްޓަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލޭގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ރޭ ކުރިއަށް ދިޔައީ ވަރަށް އޮމާންކަމާއި އަމާންކަމާއެކުގައި ކަމަށެވެ. އަދި މި ހިދުމަތުގައި އުޅުއްވާ ހުރިހާ މުވައްޒަފުންނަށާއި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރާ މަރުކަޒުތަކަކީ:
މާލޭގައި: މިފްކޯ މަރުކަޒު، ސޯޝަލް ސެންޓަރު، އެމްޓީސީސީ ސޯމިލް، ހެންވޭރު ބޯޅަދަނޑު އަދި ގަލޮޅު ދަނޑު.
ހުޅުމާލެ ފޭސް 1 ގައި: އުމަރު ޒާހިރު ބިލްޑިންގ، ޕޮލްކޯ ޓަވަރު އަދި މުހައްމަދު ގާސިމް ޕްރީ ސްކޫލް.
ހުޅުމާލެ ފޭސް 2 ގައި: ކާމިލް ދީދީ ސްކޫލް، ހިޔާ ޓަވަރު 10 އަދި އެމްޕީއެލް ޓަވަރު ޕީ.
ވިލިމާލޭގައި
އަދި ރަށްރަށުގައި ރަށު ކައުންސިލުން
