ދިރާގު x އައިސިކް -  ރިފަރކޮށްގެން ޝަންގްހާއީ ޑިޒްނީލޭންޑަށް ދިޔުމުގެ ފުރުސަތު
ވިޔަފާރި

ދިރާގު x އައިސިކް - ރިފަރކޮށްގެން ޝަންގްހާއީ ޑިޒްނީލޭންޑަށް ދިޔުމުގެ ފުރުސަތު

February 15, 2026

ދިރާގު x އައިސިކް ބޭނުންކުރާ ފަރާތްތަކަށް ޝަންގްހާއީ ޑިޒްނީލޭންޑަށް ދިއުމުގެ ފުރުސަތު ހުޅުވާލައި، ހާއްސަ ރިފަރަލް ޕްރޮމޯޝަނެއް ދިރާގުން ތައާރަފުކޮށްފި އެވެ.

މި ޕްރޮމޯޝަނުގެ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ޝަންގްހާއީ ޗައިނާއަށް ދިއުމުގެ ދެ ކޮޅު ޓިކެޓާއި، ފަސް ރޭގެ ހުރުމާއި، އަދި ޑިޒްނީލޭންޑަށް ދިޔުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ހަދަންޖެހޭ ގޮތަކީ، ދިރާގު x އައިސިކް ސްޓޫޑެންޓް ޑިސްކައުންޓް ކާޑަށް ރަޖިސްޓަރީވުމަށް ފަހު މި ކާޑު އެހެން ފަރާތްތަކަށް ތައާރަފްކުރުމެވެ. އަދި އެ ފަރާތުން ދިރާގު x އައިސިކްއަށް ރަޖިސްޓަރީކުރާއިރު މި ހިދުމަތް ތައާރަފްކޮށްދިން ފަރާތުގެ ފޯނު ނަންބަރު ރިފަރަލްގެ ގޮތުގައި ޖެހުމަކީ ވަރަށް މުހިންމު ކަމެކެވެ. 31 މާރިޗު 2026 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި، ވީހާވެސް ގިނަ ފަރާތްތަކަށް މި ހިދުމަތް ތައާރަފުކޮށްދީގެން އިނާމު ހޯދުމުގެ ފުރުސަތު އިތުރުކުރެވޭނެ އެވެ.

މީގެ އިތުރުން، ކިޔަވާ ކުދިންނަށް ހާއްސަ ދިރާގު x އައިސިކްއަށް 28 ފެބުރުވަރީ 2026ގެ ކުރިން މުޅިން ހިލޭ ރަޖިސްޓްރީކުރުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފަ އެވެ. ރަޖިސްޓަރ ކުރުމަށްފަހު މި ކާޑުން ލިބޭ ހާއްސަ ޑިސްކައުންޓްތައް އެއް އަހަރުވަންދެން ބޭނުންކުރެވޭނެ އެވެ. މިއީ ދަރިވަރުންނަށް ލިބޭ ފުރުސަތުތައް ފުޅާކޮށް، މި ހިދުމަތުގެ ފައިދާ އެހެން ފަރާތްތަކާ ހިއްސާކުރާ ކިޔަވާކުދިންގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދިރާގުން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު