ރޯދަ މަހު ދުވާލު މަގުމަތީގައި ކެއި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
ރާއްޖެ

ރޯދަ މަހު ދުވާލު މަގުމަތީގައި ކެއި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

އއައިނީ
February 27, 2026

ރޯދަ މަހުގެ ދުވާލު މާލޭގެ މަގުމަތީގައި ކައިގެން 26 އަހަރުގެ ޒުވާން ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގދ. ވާދޫއަށް ނިސްބަތްވާ ޒުވާނެކެވެ.
އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މިމަހުގެ 19 ވަނަ ދުވަހު ދިން 7 ދުވަހުގެ މުއްދަތު ހަމަވާތީ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދިން ބަންދުގެ މުއްދަތު ހަމަވާނީ މާޗް 13 ވަނަ ދުވަހަށެވެ.
ކޯޓު އަމުރުގައި ބުނީ އޭނާއަށް ތުހުމަތުކުރެވޭ މިންވަރެއްގެ ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ. އެ ގޮތުން ސީނަށް ދިޔަ ފުލުހުންގެ ބަޔާނާއި ތުހުމަތު ކުރެވޭ ފަރާތުން ތަހުގީގަށް ދީފައިވާ ބަޔާން ހިމެނޭ ކަމަށް ކޯޓު އަމުރުގައިވެ އެވެ.

މީގެ ކުރިންވެސް މިފަދަ މައްސަލަ ތަކުގައި ބަޔަކު ހައްޔަރުކޮށްފައި ވެއެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު