އައްޑޫ ހިތަދޫގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް ފުރޮޅާލައި، ޑްރައިވަރަށް ސީރިއަސް އަނިޔާ
ރާއްޖެ

އައްޑޫ ހިތަދޫގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް ފުރޮޅާލައި، ޑްރައިވަރަށް ސީރިއަސް އަނިޔާ

ރރާޅު މީޑިއާ
March 21, 2026

އައްޑޫ ހިތަދޫގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް ފުރޮޅާލައި، ޑްރައިވަރަށް ސީރިއަސް އަނިޔާ

އައްޑޫ ސިޓީ ހިތަދޫ ހިއްކި ސަރަހައްދުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި، ބާރު ސްޕީޑުގައި ދުއްވި ކާރެއް ފުރޮޅާލައި އެކާރު އެއްކޮށްހެން ވަނީ ފުނޑުފުނޑުވެފައެވެ. މި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާއަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. އެކްސިޑެންޓު ހިނގިއިރު ކާރުގައި ތިބި މީހުންނަށް ދަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

މި ސަރަހައްދަކީ ތަނަވަސް މަގުތަކެއް ހުންނަ ސަރަހައްދެއް ކަމަށް ވާތީ، ބައެއް ފަހަރު ޑްރައިވަރުން ސްޕީޑު ބާރަށް ދުއްވައިގެން ހިނގާ އެކްސިޑެންޓުތައް އިތުރުވާ ސަރަހައްދެއް ވެސް މެއެވެ. ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ތިބި ބައެއް ފަރާތްތަކުން ބުނި ގޮތުގައި، ކާރު ދުއްވަމުން ދިޔައީ އާދަޔާ ހިލާފަށް ބާރު ސްޕީޑުގައެވެ.

ސްޕީޑު މައްޗަށް ދުއްވަމުން ދަނިކޮށް ކާރު ކޮންޓްރޯލުން ނެއްޓި، ފުރޮޅާލީއެވެ. އެކްސިޑެންޓަށް ފަހު ކާރުގެ ހާލަތުން، ހާދިސާގެ ބޮޑުކަން ވަރަށް ސާފުކޮށް ފެނިގެން ދިޔައެވެ. ކާރުގެ ބޮޑުބައި ވަނީ މުޅިންހެން ފުނޑުފުނޑުވެ، ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. އެކްސިޑެންޓުގެ ހަބަރު ލިބުމާއެކު ފުލުހުންނާއި އަވަސް ފަރުވާދޭ ޓީމު ވަގުތުން ހާދިސާ ހިނގި ސަރަހައްދަށް ގޮސްފައިވެއެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު