ބީއެމްއެލްއިން މެޑިކަލް ޑޮލަރަށް އެދި ހުށަހެޅުމަށް ފަސޭހަ އިންތިޒާމެއް ހަމަޖައްސައިފި
ރާއްޖެ

ބީއެމްއެލްއިން މެޑިކަލް ޑޮލަރަށް އެދި ހުށަހެޅުމަށް ފަސޭހަ އިންތިޒާމެއް ހަމަޖައްސައިފި

February 22, 2026

ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސްގެ އެޕް މެދުވެރިކޮށް ޑޮލަރަށް އެދި ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

މި ޚިދުމަތަށް މިހާރުން ފެށިގެން ބީއެމްއެލް މޮބައިލް އެޕް މެދުވެރިކޮށް ފަސޭހަމަކާއެކު ހުށަހެޅޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. އަދި ޑޮލަރު ގަތުމަށް އެދިހުށަހަޅާއިރު ބޭނުންވާނެ ލިޔެކިޔުންތަކާއި މައުލޫމާތު އެޕް މެދުވެރިކޮށް ހުށަހަޅައި، އެޕްލިކޭޝަންގެ ސްޓޭޓަސްވެސް އެޕްއިން ބަލައިލެވޭނެ އެވެ.

އާސަންދަ އަދި އެންސްޕާ މެދުވެރިކޮށް ދަތުރުކުރާ ފަރާތްތަކަށް 2،000 ޑޮލަރާ ހަމައަށް ބޭންކުން ޑޮލަރު ވިއްކށ ކަމަށާއި އަދި އަމިއްލަ ގޮތުން ބޭސްފަރުވާއަށް ދަތުރުކުރާ ފަރާތްތަކަށް 1،000 ޑޮލަރާ ހަމައަށް ޑޮލަރު ވިއްކާނެ ކަމަށްވެސް ބީއެލްެއެލް އިން ވަނީ ބުނެފަ އެވެ.

ސިއްހީ ފަރުވާއަށް ރާއްޖޭން ބޭރަށްދާ ފަރާތްތަކަށް ޑޮލަރު ޖަމާކޮށްދޭނީ ހުށަހަޅާ ފަރާތުގެ ބީއެމްއެލް އެކައުންޓަށެވެ. ފަސޭހަކަމާއެކު އެޕް މެދުވެރިކޮށް އެކައުންޓް ހުޅުވައިލެވޭނެ އެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު