މަސްތުވާތަކެތި އެތެރެކުރި ބަނގްލަދޭޝް މީހަކު އުމުރަށް ޖަލަށް
ރާއްޖެ

މަސްތުވާތަކެތި އެތެރެކުރި ބަނގްލަދޭޝް މީހަކު އުމުރަށް ޖަލަށް

ރރާޅު މީޑިއާ
March 15, 2026

މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ބަންގްލަދޭޝް މީހަކު އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެކަމާ ބެހޭ ގޮތުން ފުލުހުން މިއަދު ބުނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި، ތަހުގީގަށްފަހު ކްރިމިނަލް ކޯޓުން ވަނީ ބަނގުލަދޭޝްއަށް ނިސްބަތްވާ 36 އަހަރުގެ އެމްޑީ ސޮހަބް މިއަ ގެ މައްޗަށް ހުކުމްކޮށްފައި ކަމަށެވެ.

ފުލުހުން ބުނީ އޭނާގެ މައްޗަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ދައުވާ އުފުލާފައި ވަނީ 28 ޖޫން 2024 ގައި، ޔޫއެސް ބަންގްލާ އެއާލައިންސްގެ BS337 ފްލައިޓުން ރާއްޖެ އައިއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާގެ ފޮށިތައް ސްކޭން ކުރުމުގެ ތެރޭގައި ޝަކު އުފެދިގެން އިތުރަށް ބަލައި ފާސްކޮށް، އޭނާ ގެންގުޅުނު ލެޕްޓޮޕް ދަބަހެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ޕެކެޓެއް ފެނުނު މައްސަލައިގަ އެވެ.

އޭނާގެ އަތުން ފެނުނު ތަކެތި ޓެސްޓު ކުރުމުން އެތަކެއްޗަކީ 536 ގްރާމްގެ މެތަމްފެޓަމިން ކަމަށް ކަށަވަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު