ވައި ނުސާފުވެ ދުރު ފެންނަ މިންވަރު 2 ކިލޯމީޓަރަށް
ރާއްޖެ

ވައި ނުސާފުވެ ދުރު ފެންނަ މިންވަރު 2 ކިލޯމީޓަރަށް

އއައިނީ
February 17, 2026

މުޅި ރާއްޖެއަށް މިއަދު ދުންފުހުންގެ އަސަރު ކުރަމުންދާ އިރު ދުރު ފެންނަ މިންވަރު 2 ކިލޯމީޓަރަށް ދަށްވެފަވާކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
ކުރިއަށް އޮތް ފަސް ދުވަހު ރާއްޖެއަށް ދުން ފުހުންގެ އަސަރު ނުރައްކާ މިންވަރަށް ކުރާނެކަމަށް މެޓުން ވަނީ އިންޒާރު ނެރެފައެވެ.

އެގޮތުން މިއަދު އެންމެ ބޮޑަށް ވައި ނުސާފީ މާލެ ސަރަޙައްދަށެވެ. އެންމެ ބޮޑަށް ވައި ނުސާފީ ރާއްޖޭގެ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށެވެ.

ދުރު ފެންނަ މިންވަރު:

  • މާލެ - 2 ކިލޯމީޓަރު

  • ހަނިމާދޫ - 3 ކިލޯމީޓަރު

  • ކައްދޫ - 4 ކިލޯމީޓަރު

  • އައްޑޫ - 7 ކިލޯމީޓަރު

މެޓުން ބުނީ ކުރިއަށް ދެ ދުވަހާއި، ތިން ދުވަހުވެސް މުޅި ރާއްޖެއަށް ވައި ނުސާފުވާނެކަމަށެވެ. ވައިގެ ސާފުކަން ހުރި މިންވަރު ދައްކައިދޭ "އައިކިއު އެއާ" ގެ މައުލޫމާތުތަކަށް ބަލާއިރު، ވައިގައި ހިމެނޭ "ފައިން ޕާޓިކިއުލޭޓް މެޓާ" (ޕީއެމް2.5) ގެ މިންވަރު މިހާރު ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 58.2 މައިކްރޯ ގްރާމްގައެވެ. މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ރައްކާތެރިކަމަށް ކަނޑައަޅާފައިވާ އެންމެ ދަށް މިންވަރަށްވުރެ 10 އިންސައްތަ މަތީ އަދަދެކެވެ.

މި ދަރަޖައަށް ވައި ނުސާފުވުމަކީ ނޭވާލާ ނިޒާމުގެ ތެރެއިން ފުއްޕާމެއަށް އަދި ލޭގެ ތެރެއަށް ވެސް އެތެރެވެ، ކެއްސުމާއި ނޭވާލާން އުނދަގޫވުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވެދާނެ ކަމެކެވެ. އެޗްޕީއޭއިން ވަނީ މިކަމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސަމާލުކަމެއް ދީ، މިދުވަސްވަރު ބޭރުގައި ކުޅިވަރުގެ ހަރަކާތްތައް ބޭއްވުމާއި ކަސްރަތުކުރުމަށް ބޭރަށް ދިއުން މަޑުޖައްސާލަން އިލްތިމާސްކޮށްފައެވެ.

ކޮންމެއަހަރަކު، އިރުވައި މޫސުމުގައި ކުރިމަތިވާ ދުންފުސްކަމުގެ މައްސަލައަކީ ރާއްޖޭގެ އުތުރުން އިންޑިއާ އަދި ހިމާލިޔާ ސަރަޙައްދުން އަންނަ ފުސްދުމުގެ ސަބަބުން ކުރިމަތިވާ މައްސަލައެކެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު