މާލޭގެ ތޮށިގަނޑު މަރާމާތުކުރުމަށް ޖަޕާނާއެކު ސޮއިކޮށްފި
ރާއްޖެ

މާލޭގެ ތޮށިގަނޑު މަރާމާތުކުރުމަށް ޖަޕާނާއެކު ސޮއިކޮށްފި

އއައިނީ
February 13, 2026

މާލޭގެ ކަނޑުތޮށި މަރާމާތުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ޖަޕާނުގެ ކުންފުންޏަކާއެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.  

އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނީ ތޮށިގަނޑު އަލުން ހެދުމުގެ މަސައްކަތްކުރާނީ ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން ކަމަށެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރީ ޖަޕާނުގެ ޓޯޔޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑާ އެކުގައެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ޓޯޔޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ ޖެނެރަލް މެނޭޖަރު، އިޒާވާ ކަން އެވެ. އަދި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ސްޓޭޓް އިބްރާހީމް ޠަޢާމު މުޙައްމަދެވެ.

މި އެއްބަސްވުމުގެ ދަށުން، މާލޭގެ އިރުމައްޗާއި އުތުރު ފަރާތުގެ ތޮށިގަނޑު މަރާމާތުކޮށް އަލުން ހެދުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ އަގު 70 މިލިއަން ރުފިޔާއަށް އަރާއިރު، މި މަޝްރޫއުގެ އެއްބަސްވުން ހަދާފައިވަނީ 487 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

މާލޭގައި ކާރިސާތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ތައްޔާރުވުމަށް ހިންގޭ މަޝްރޫއުތަކަށް ޖަޕާނުން މީގެކުރިން ވެސް ބޮޑެތި އެހީތައް ފޯރުކޮށްދީފައިވެއެވެ. އެގޮތުން، މާލޭގެ ވަށައިގެން ލާފައިވާ ތޮށި މަރާމާތުކުރުމުގެ މަޝްރޫއަށް ޖަޕާނުން 10.5 މިލިޔަން ޑޮލަރުގެ ހިލޭ އެހީ ދީފައިވެއެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު