ކައުންސިލް އިންތިހާބުގެ އޮބްޒާވަރުންނަށްވުމަށް އިތުރު ފުރުސަތެއް
ރާއްޖެ

ކައުންސިލް އިންތިހާބުގެ އޮބްޒާވަރުންނަށްވުމަށް އިތުރު ފުރުސަތެއް

ރރާޅު މީޑިއާ
March 14, 2026

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު އޮބްޒާވްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ އިތުރު ފުރުސަތެއް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހުޅުވާލައިފި އެވެ.

އީސީން ހާމަކުރި ގޮތުގައި، މި ފުރުސަތު އަލުން ހުޅުވާލަން ނިންމީ ސިޔާސީ ޕާޓީތަކުގެ އެދުމުގެ މަތިންނެވެ. މި ނިންމުމުގެ އެންމެ ބޮޑު މަގުސަދަކީ އިންތިހާބުގެ ކަންކަން ހިނގާގޮތް ބެލުމުގެ ފުރުސަތު ވީހާވެސް ގިނަ ފަރާތްތަކަށް ފަހިކޮށްދީ، އިންތިހާބުގެ ދެފުށް ފެންނަ މިންވަރު އިތުރުކުރުމެވެ.

މި ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މާދަމާ ރޭގެ 12:00 އާ ހަމައަށެވެ. އޮބްޒާވަރަކަށް ވާން ބޭނުންވާ ފަރާތްތަކުން އީސީގެ މައި ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެ އެވެ.

އޮބްޒާވަރުންގެ ކިބައިގައި ހުންނަންޖެހޭ މައިގަނޑު ޝަރުތުތަކަކީ:

  1. އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކަށްވުން.

  2. ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރަމުންދާ މީހަކަށް ނުވުން.

  3. އަމިއްލަ ގޮތުން ނުވަތަ މަދަނީ ޖަމިއްޔާއަކުން ކުރިމަތިލާނަމަ، އެއްވެސް ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި ހިމެނޭ މީހަކަށް ނުވުން.

  4. އިލެކްޝަންސް ކޮމިޝަނާ ހަވާލުވެގެން ހުރި މީހަކަށް ނުވުން.

  5. ކޮމިޝަނުން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑަށް އަމަލުކުރުމަށް އިގުރާރުވުން، އަދި ފާއިތުވި 5 އަހަރު ތެރޭގައި އެފަދަ މިންގަނޑަކާ ހިލާފުވެގެން ފިޔަވަޅެއް އަޅާފައިވާ މީހަކަށް ނުވުން.

އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމުގެ ފުރުސަތު ސިޔާސީ ޕާޓީތަކަށާއި، ޖަމިއްޔާތަކުގެ އިތުރުން އަމިއްލަ ފަރާތްތަކަށް ވެސް ވަނީ ހުޅުވާލެވިފަ އެވެ. ސިޔާސީ ޕާޓީތަކުން "ސިމެދަ" ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހަޅަންޖެހޭއިރު، ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކުން ފޯމު ހުށަހަޅާނީ އީސީގެ މައި ޕޯޓަލް މެދުވެރިކޮށެވެ.

އީސީން އިތުރަށް ބުނި ގޮތުގައި، އޮބްޒާވަރުންގެ ފާސް ދޫކުރާނީ ކޮންމެ ޕާޓީއަކަށް ނުވަތަ ޖަމިއްޔާއަކަށް، އިންތިހާބުގައި ބަހައްޓާ ޖުމްލަ ވޯޓު ފޮށީގެ އަދަދަށްވުރެ %10 އިތުރުނުވާ ގޮތަށެވެ. އަދި ވޯޓުލާ މަރުކަޒެއްގެ ތެރޭގައި އެއްވަގުތެއްގައި ހަރަކާތްތެރިވެވޭނީ ކޮންމެ ފަރާތަކުންވެސް އެންމެ އޮބްޒާވަރަކަށެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު