ކުނި ބަރުކޮށްގެން ދިޔަ ޕިކަޕެއް ބުރިޖުމަތިން ފުރޮޅާލައިފި
ރާއްޖެ

ކުނި ބަރުކޮށްގެން ދިޔަ ޕިކަޕެއް ބުރިޖުމަތިން ފުރޮޅާލައިފި

އއައިނީ
February 27, 2026

ސިނަމާލެ ބްރިޖުން މާލެއިން ހުޅުމާލެއަށް ކުނި ބަރުކޮށްގެން ދަތުރުކުރަމުންދިޔަ ޕިކަޕެއް ފުރޮޅާލައިފިއެވެ.

ފުލުހުން ބުނީ، ޕިކަޕު ފުރޮޅާލި ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 09:45 ހާއިރުކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ، ޕިކަޕު ފުރޮޅާލަން މެދުވެރިވީ ޕިކަޕުގެ ފުރޮޅު ފަޅައިގެން ގޮސް، ބްރިޖުގެ ފެންސުގައި ޖެހި އަރި އަޅާލުމުގެ ސަބަބުން ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އިތުރަށް ތަހުގީގު ކުރަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ ބަލަމުންނެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު