މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
ރާއްޖެ

މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

އއައިނީ
March 13, 2026

މާލޭ މާފަންނުގައި ހުންނަ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ، މާފަންނު ދަކަންދާމަގު ގައި ހުންނަ ގެއެއްގައި ތެރޭގައި މީހަކު ނިޔާވެފައި އޮއްވާ ފެނުނު މައްސަލައެއް މިއަދު 13:01 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

ނިޔާވެފައި އޮއްވާ ފެނިފައިވަނީ ސ. ހުޅުދޫ ތޯތާޕަރީ އުމުރުން 54 އަހަރުގެ މުޙައްމަދު ނިޒާރު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މުޙައްމަދު ނިޒާރު ނިޔާވުމުގައި އެހެންމީހެއްގެ ބައިވެރިވުމެއް އޮތްކަމަށް ނުވަތަ ކުށުގެ ތުހުމަތެއް ކުރެވޭ ފަދަ ކަމެއް މިހާތަނަށް ތަހުގީގަށް ފާހަގަ ކުރެވިފައި ނުވާކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު